twitterviber whatsapp telegramfacebookyoutube instagram
21st May 2025

އޭޓީއެމް ފެއާ ވެސް ފަސްކޮށްފި

ޚަދީޖާ އާދަމް
Mar 10, 2020

މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އެރޭބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފަސްކޮށްފި އެވެ.

ދުނިޔޭގެ ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބިރަށް ފެއާ ފަސްކޮށްފައިވާއިރު އޭޓީއެމް ފެއާ މި އަހަރު ބާއްވަން ނިންމާފައި އޮތީ އަންނަ މަހުގެ 6 އިން 8 ގެ ނިޔަލަށް ދުބާއީގަ އެވެ.

އޭޓީއެމް ފެއާ ފަސް ކުރިއިރު ފެއާ އިންތިޒާމު ކުރާ ޔޫއޭއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 45 މީހުން ވަނީ މިހާތަނަށް ފެނިފަ އެވެ.

އޭޓީއެމް ފަސް ކުރިކަން އަންގައި ފެއާ އިންތިޒާމު ފަރާތުން މިހާރު ވަނީ އޭޓީއެމް ފެއާ ފަސް ކުރިކަން ރާއްޖެއަށް ވެސް އަންގާފަ އެވެ.

މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އޭޓީއެމްއަކީ ރާއްޖެއަށް މުހިންމު ފެއާއެކެވެ. ސަބަބަކީ މެދުއިރުމައްޗަކީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު މާކެޓަކަށް ވުމެވެ. ކޮންމެ އަހަރަކު ވެސް އޭޓީއެމް ފެއާގައި ރާއްޖެއިން ގިނަ އަދަދެއްގެ ކުންފުނިތައް ބައިވެރިވެ އެވެ.

އަދި އޭޓީއެމް ފެއާގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި ފައިދާތަކެއް ކުރެ އެވެ. އަދި މެދުއިރުމަތި ވެފައިވަނީ ރާއްޖޭގެ ޓޫރިޒަމަށް އެންމެ ޕޮޓެންޝަލް އޮތް އެއް ހިސާބަށެވެ. މެދުއިރުމަތިން މިދިޔަ ޖެނުއަރީ މަހު 7,297 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ.

މިހާރު މި ފެއާ ބާއްވަން ނިންމާފައިވަނީ ޖުލައި މަހު އެވެ.

އޭޓީއެމް ފެއާ ފަސް ކުރިއިރު ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އައިޓީބީ ބާލިން ވެސް މި އަހަރު ނުބާއްވަން ފެއާ އިންތިޒާމުކުރާ ފަރާތުން ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355