twitterviber whatsapp telegramfacebookyoutube instagram
16th July 2025

ރީތިރަށް ރިސޯޓުން މީހަކު ކަރަންޓީނުކޮށްފި

ޚަދީޖާ އާދަމް
Mar 10, 2020

ކޮވިޑް-19އަށް ޝައްކު ކުރެވިގެން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ބިދޭސީއަކު ކަރަންޓީނުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެރަށް މިވަގުތު އޮތީ ލޮންޑައުންގައެވެ. އެޗްޕީއޭއިން ބުނީ އެ ރިސޯޓަށް އަރައި ފޭބުންވެސް މި ވަގުތަށް ހުއްޓުމަކަށް ގެނެސްފައިވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ވައިރަހަށް 71 މީހަކު ޓެސްޓްކޮށްފައިވާއިރު ޕޮޒިޓިވްވެފައި ވަނީ ހަ މީހުންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ހަަތަރު މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެ މީހެކެވެ.

ވަން އެންޑް އޮންލީ ރީތި ރަށަކީ ކޮވިޑް-19އަށް ޝައްކު ކުރެވޭ މީހަކު ފެނިގެން އަރައި ފޭބުން ހުއްޓުވާފައިވާ ފަސް ވަނަ ރިސޯޓެވެ.

އެ ރިސޯޓުގެ އިތުރުން ޅ. ކުރެއްދޫ ރިސޯޓާއި އދ. ވިލަމެންދޫ އައިލެންޑް ރިސޯޓާއި، އއ. ކުރަތަމި އައިލެންޑު ރިސޯޓާއި، އއ. ސޭންޑީސް ބަތަލާ ރިސޯޓަށްވެސް އަރައި ފޭބުން ވަނީ ހުއްޓުވައިފައެވެ.

މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި ހަ މީހުންނަކީވެސް ބިދޭސީންނެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355