twitterviber whatsapp telegramfacebookyoutube instagram
20th August 2025

ކުރަމަތި ރިސޯޓުގެ ދިވެހި މުވައްޒަފަކު ކަރަންޓީނަށް

Mar 10, 2020
1

ކޮވިޑް-19 ވައިރަސް ޖެހިފައިވާ މީހަކާ ކޮންޓެކްޓުވި ކަމަށް ބެލެވޭ ކުރަމަތި އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ކަރަންޓީނު ފެސިލިޓީއަަކަށް ގެންދިޔުމުގެ މަސައްކަތް ފަށައިފި އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ ހަ މީހެކެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓުން ހަތަރު މީހަކާއި، އއ. ސޭންޑީސް ބަތަލާ ރިސޯޓުން ދެ މީހެކެވެ.

ކުރަމަތި ރިސޯޓުން އަރައި ފޭބުން މިވަގުތަށް ވަނީ ހުއްޓާލާފައެވެ. އެ ރިސޯޓުގެ އިތުރުން ޅ. ކުރެއްދޫ ރިސޯޓާއި އދ. ވިލަމެންދޫ އައިލެންޑް ރިސޯޓާއި، އއ. ސޭންޑީސް ބަތަލާ ރިސޯޓުވެސް ވަނީ އަރައި ފޭބުން ހުއްޓުވާފައެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓުވި ކުރަމަތި ރިސޯޓުގެ ދިވެހި މުވައްޒަފެއް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކަރަންޓީނު ފެސިލީޓީއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވިލަމެންދޫ އާއި ކުރަމަތިން މިއިން ކޮންމެ ރިސޯޓަކުން އެކަކު ބައްޔަށް ޝައްކު ކުރެވިގެން ވަނީ އައިސޮލޭޓު ކުރެވިފައެވެ. އެއިން ރަށަކުން މީހަކު ޕޮޒިޓިވްވި ކަމެއް އަދި އިއުލާނެއް ނުކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355