ޖުމްހޫރީ މައިދާނުން ގޮތް ނޭނގޭ ފޮއްޓެއް ފެނިގެން ސިފައިން ހަރަކާތްތެރިވާ ފަށައިފި އެވެ. އެމްއެންޑީއެފުން ބުނީ އެއީ ކޮން އެއްޗެއް ތޯ ބެލުމަށް ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ރައްޔިތުން ޖަމާވާ ސަރަހައްދެއްކަމުން އެފަދަ އެއްޗެއް ފެނުމުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ސިގައިން ބުންޏެވެ.
ޖުމްހޫރީ މައިދާނުގައި ހުރި ޑަސްބިނެއް ކައިރީގައި ބާއްވާފައި އޮތީ ރަށް ކުލައިގެ ބޮޑު ދަބަހެކެވެ. އެމްއެންޑީއެފުގެ ތަރުޖަމާނު އިބުރާހިމް އާޒިމް ވިދާޅުވީ މިފަދަ ތަކެތި ބަލައި ފާސްކުރުމަށް ސިފައިން ހަރަކާތްތެރިވަނީ ސަލާމަތީ ގޮތުން ބޭނުންކުރާ އަލާތައް ބޭނުންކޮށްގެން ކަމަށެވެ.
އޭނާ ވިދާޅުވީ މިވަގުތު އެސަރަހައްދު އޮތީ ސަލާމަތީ ސަބަބުތަކަށްޜަލާ ބަންދުކޮށްްފަ ކަމަށެވެ. އޭނާ ވިދާޅުވީ އީއޯޑީ ޓީމުން ބަލައި ފާސްކުރިއިރު އެފޮށިން ނުރައްކާތެރި އެއްވެސް އެއްޗެއް ފެނިފައިވާނުވާ ކަމަށެވެ.