twitterviber whatsapp telegramfacebookyoutube instagram
22nd February 2026

ވައިރަސް ރާއްޖޭގައި ނުފެތުރޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމްކުރުމަށް އިރުޝާދު ދެއްވައިފި

ޚަދީޖާ އާދަމް
Mar 12, 2020

ސަރުކާރުން އެކުލަވާލާފައިވާ އިމަޖެންސީ ޓާސްކްފޯހާއި ކަމާގުޅުންހުރި އިދާރާތަކާއި ރޭ މުލީއާގޭގައި ބައްދަލުކުރައްވައި ރާއްޖޭގައި ކޯވިޑް-19 ނުފެތުރޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ރައިސުލްޖުމްހޫރިއްޔާ އިރުޝާދުދެއްވައިފިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް 8 މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން، މިހާރުން މިހާރަށް އިތުރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ.

އަދި މި ބަލި ކޮންޓްރޯލް ކުރެއްވުމަށްޓަކައި ހާލަތަށް ބަލައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. މިއީ، ވީހާވެސް ތެދު މަޢުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައިދީ، ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ގޮތަކަށް ކަންކަން ވިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ވަގުތު ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ޑިފެންސް މިނިސްޓަރާ، ހޯމް މިނިސްޓަރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރުގެ ބައިވެރިވެވަޑައިގެންނެވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355