twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކޭއާރުއެޗްގައި އެޑްމިޓް ކޮށްފައިވާ ފަރާތްތަކަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން މެދު ކަނޑާލައިފި

ޚަދީޖާ އާދަމް
Mar 13, 2020
1

ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތްކުރުން ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތްކުރުން ވަގުތީގޮތުން މެދުކަނޑާލާފައި ވާކަމަށާއި އަދި ކޮންމެހެން ކުރަންޖެހޭ ޒިޔާރާތެއް މެނުވީ ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މިދަނޑިވަޅުގައި ސިއްހީ ދާއިރާގެ ފަރާތްތަކުން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓާ ފަރުދީ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށްވެސް މި އިއުލާނުގައު ބުނެފައިވެއެވެ.

އަދި މި ބަލިން ރާއްޖެ ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަށާއި ބައްޔާ ބެހޭގޮތުން ލިބޭ މައުލޫމާތަކީ ސައްހަ މައުލޫމާތެއްތޯ ޔަގީންކުރުމަށް ފަހު މެނުވީ ނުފެތުރުމަށްވެސް ނަސޭހަތްތެރި ވެފައިވެއެވެ.

މީގެ އިތުރުން ރަށުން ބޭރަށާއި ރާއްޖޭން ބޭރަށް ދަތުރު ކުރައްވާފައިވާ ފަރާތްތަކާއި ރަށައް ބިދޭސީން ގެންނަ ފަރާތްތަކާއި ރިސޯޓުތަކުގައި މަސައްކަތް ކުރައްވާ ފަރާތްތައް އެހެން ގައުމަކަށް ދަތުރުކޮށްފައިވާނަމަމި ބައްޔަށް ޝައްކު ކުރެވޭ އަލާމާތެއް ފެނިއްޖެނަމަ، މި ބަލި ޖެހިފައިވާ ފަރާތަކާއިއެކު އުޅެވިފައި ހުރިކަމުގައި ވާނަމަ ގޭގައި މަޑުކުރުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.

އަދި މިފަދަ އަލާމާތެއް ފެނިއްޖެނަމަ ކޭއާރުއެޗް ކޮވިޑް ހެލްޕް ލައިން 7606688 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރުމަށްވެސް އެދިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355