twitterviber whatsapp telegramfacebookyoutube instagram
14th April 2026

ފެނަކައިން ދުވަހުގެ މަސައްކަތް ދެން ފަށާނީ ގުރުއާނުގެ ބަރަކާތުން!

ނަބީލާ އިސްމާޢީލް
Mar 14, 2020
3

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިން ވެސް ފެނިފައިވާއިރު އެކަމަށް ސަލާމަތްވުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަންގެ ދުވަހުގެ މަސައްކަތް ކީރިތި ގުރުއާނުގެ ބަރަކާތުން ފެށުމަށް އެކުންފުނިން ނިންމައިފި އެވެ.

އެކުންފުނިން ކޮވިޑް-19ގެ ނުރައްކަލުން ދިވެހި ރައްޔިތުންނާއި އަދި ވަކިން ހާއްސަކޮށް ފެނައި ކޯޕަރޭޝަންގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މާދަމާއިން ފެށިގެން އެ ކުންފުނީގެ ދުވަހެއްގެ މަސައްކަތް ކީރިތި ގުރުއާނުގެ ބަރަކާތުން ފެށުމަށާއި އަދި ބަލިމަޑުކަމުން ދިންނެވުމަށް އެދި ކުރާ ދުއާއަކުން މަސައްކަތް ފެށުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނިންމަވާފައިވާ ކަމަށެވެ.

އަދި މިވަގުތު ފެނަކައިގެ މާބަނޑު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

ވައިރަސް އާ ގުޅިގެން ރާއްޖެއިން ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. މިވަގުތު މި ބަލި ޖެހިފައިވާ 9 މީހަކު ރާއްޖޭގައި އެބަ ތިއްބެވެ. އެ އެންމެންނަކީވެސް ބިދޭސީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355