twitterviber whatsapp telegramfacebookyoutube instagram
21st March 2026

ޔުނިވާސިޓީތަކާއި ކޮލެޖުތައް ބަންދުކުރަން އަންގައިފި

Mar 14, 2020

ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީން ދޭން ތަންތައް ބަންދުކުރަން އަންގައިފި އެވެ. ރާއްޖެއިން ކޮރޯނާއަށް ޕޮޒިޓިވް ވެފައިވާ މީހުން އަދަދު ވަނީ 10 އަކަށް އަރާފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނު ދޭ މަރުކަޒުތައް ބަންދުކުރަން އަންގާ ކަމަށެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވާޅެއްގެ ގޮތުން ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް ޕަބްލިކް ހެލްތު އެމަޖެންސީ ވަނީ އިއުލާނުކޮށްފި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355