twitterviber whatsapp telegramfacebookyoutube instagram
22nd March 2026

އެމްޑަބްލިއުއެސްސީން ކޮންމެ ގެޔަކަށް އެއްޓަނުގެ ފެން ހިލޭ

Mar 14, 2020
1

އެމްޑަބުލިއުއެސްސީގެ ފަރާތުން ކޮންމެ ގޭބިސީއަކަށް އެއްޓަނުގެ ފެން ހިލޭ ފޯރުކޮށް ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.

ދުނިޔޭގައި އާއި ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ކޮންމެ ގެއަކަށް ހިލޭ އެއް ޓަނު ފެން ދިނުމަށް އެމްޑަބްލިއުއެސްސީއިން ނިންމާފައިވާ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާން ކޮށްފައިވާއިރު މިހާތަނަށް ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވި 10 މީހަކު ވަނީ ފެނިފައި އެވެ.

މިއަދު ހެލްތު ޕްރޮޓެކްޝަން އޮތީރިޓީ (އެޗްޕީއޭ)އިން ވަނީ ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން އެޗްޕީއޭއިން މިއަދު ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން މަނާކޮށްފައިވާއިރު ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ.

އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355