twitterviber whatsapp telegramfacebookyoutube instagram
9th August 2026

ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ އިތުރު ކިޓުތައް ރާއްޖެއަށް ގެނެސްފި

Mar 15, 2020

ކޮވިޑް-19އަށް ޓެސްޓުކުރުމަށް 5000 ސްކްރީނިންގ ކިޓު އަދި ކޮންފޮމޭޓްރީ 1000 ކިޓު ރާއްޖެ ގެނެސްފި އެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ކޮވިޑު-19 ޓާސްކްފޯހުގެ ސްޕޯކްސް ޕަރސަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ސްކްރީނިންގ ކިޓުތަކަކީ ބަލި މީހާގައިގައި ހުރީ ކޮވިޑް-19 ވައިރަސްތޯ ދެނެގަތުމަށް ބޭނުންކުރާ ކިޓުތަކެއްކަމަށެވެ. އަދި ކޮންފޮމޭޓްރީ ކިޓުތަކަކީ ބަލި މީހާ ގައިގައި ހުރީ ކޮވިޑް-19 ތޯ ޔަގީންކުރުމަށް ބޭނުންކުރާ ޓެސްޓު ކިޓުކަމަށެވެ.

މީގެކުރިން މިނިސްޓްރީ އޮފް ހެލްތުން ހާމަކުރައްވާފައި ވާގޮތުގައި އައިޖީއެމްއެޗުގައި ކޮވިޑް-19އަށް ދާއިމީކޮށް ޓެސްޓުކުރެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން ރާއްޖޭގައި މިވަގުތު ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ރަށްރަށުގައި ޑޮކްޓަރުންގެ ޓީމުތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އަދި ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. އެގޮތުން އެއަރޕޯޓުތަކުން އެތެރެވާ މީހުންގެ ކިބައިން ވައިރަސްގެ އަލާމާތެއް ފެނޭތޯ އަންނަނީ 24 ގަޑިއިރު ސްކްރީންކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355