twitterviber whatsapp telegramfacebookyoutube instagram
18th October 2024

މެނީލާގައި ތިބި ދިވެހިންނާމެދު އަމަލުކުރާނެ ގޮތާކާމެދު މަޝްވަރާ ކުރަނީ

Mar 15, 2020
1

ފިލިޕީންސްގެ ވެރިރަށް މެނީލާގައި ތިބި ދިވެހިންނާމެދު އަމަލު ކުރާނެ ގޮތަކާމެދު އެ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެ އެވެ. ކޮރޯނާވައިރަސްއާ ގުޅިގެން މެނީލާ ވަނީ ބަންދުކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ ދިވެހިން ބަންގްލަދޭޝްގައި ހުންނަ އެމްބަސީގައި ރަޖިސްޓްރީވުމަށް އެދިފަ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ މިހާތަނަށް 117 ދިވެހިން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އެ ދިވެހިންގެ ހާލުވެސް ރަނގަޅުކަމަށާއި އެމީހުންގެ ހާލު ސަރުކާރުން ގާތުން ބަލަމުންދާ ކަމަށެވެ.

ފިލިޕީންގެސް ރައީސް ރެޑްރިގޯ ޑުޓާޓޭ މިދިޔަ ބުރާސްފަތު ދުވަހުން ނިންމެވީ 12 މިލިއަނެއްހާ މީހުން ދިރިއުޅެމުން އަންނަ މެނީލާ އެއް މަހަށް ބަންދުކުރުމަށެވެ. އެގައުމުގައި މިހާތަށް 100 އަށް ވުރެ ގިނަ މީހުން ވައިރަހަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަށް މީހަކު ވައިރަސް ޖެހިގެން މަރުވި އިރު، ދެ މީހަކު ވަނީ ރަނގަޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355