twitterviber whatsapp telegramfacebookyoutube instagram
1st June 2023

ގްރޭޑް 10 ގެ ދަރިވަރުންގެ "ޓެލެކިލާސް" ދައްކަން ފަށައިފި

ޚަދީޖާ އާދަމް
Mar 15, 2020
1

ގްރޭޑު 10ގެ ދަރިވަރުންގެ ފިލާވަޅުތައް ޕަބްލިކް ސާވިސް މީޑިއާ ގެ ޔެސް ޗެނަލުން މިއަދު ދައްކަން ފަށައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ހުޅުވުން އެއް ހަފުތާއަށް ބަންދުކޮށް، ޔެސް ޗެނަލާއި ޔޫޓިއުބު މެދުވެރިކޮށް ދަރިވަރުންނަށް އަންނަނީ ފިލާވަޅުތައް ނަގައިދެމުންނެވެ.

އެގޮތުން ހެނދުނު "ޓެލެކިލާސް" ގެ ނަމުގައި ފެށި ޕްރޮގްރާމުގައި އިސްލާމާއި އިނގިރޭސި އާއި ހިސާބާއި ކޮމްޕިއުޓާ ސައިންސް އަދި ދިވެހީގެ ފިލާވަޅުތައް ނަގައިދީފައި ވެ އެވެ. ޔެސް ޓީވީގެ ފޭސްބުކް ޕޭޖުން ވެސް އެ ފިލާވަޅުތައް ދައްކަ އެވެ.

އެ ކޮންމެ މާއްދާއަކުން ވެސް ވަކި މައުޟޫއަކަށް 10:30 އާ ހަމައަށް ފިލާވަޅުތައް ނަގައިދިނުމަށްފަހު 10:30-12:00 އަށް ޔެސް ޓީވިން ދައްކާނީ، އިސްލާމާއި އިނގިރޭސި އަދި ހިސާބު މާއްދާއިން މީގެ ކުރިން ނަގައިދިން ފިލާވަޅުގެ ރިޕީޓެވެ. އެ ކޮންމެ މާއްދާއަކަށް ކަނޑައަޅާފައިވަނީ 30 މިނެޓެވެ.

މިހާރު ހަމަޖައްސާފައިވާ ގޮތުން ސްކޫލުތައް ދެން ހުޅުވޭނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހެވެ. ރާއްޖެއިން ވެސް ކޮވިޑް-19 ބަލީގެ 11 މީހަކު ފެނި، އަދި ދުނިޔޭގައި ވެސް ހާލަތު ގޯސްވުމާ ގުޅިގެން އެތައް ބައެއްގެ ފިއްތުންތަކާއި ފާޑުކިޔުންތަކުގެ ތެރެއިން، ފުރަތަމަ ޓާމްގެ މިޑް-ޓާމް ބްރޭކަށް ފަހު، ސްކޫލްތައް ހުޅުވުން އެއް ހަފުތާ އަށް ފަސްކުރީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355