twitterviber whatsapp telegramfacebookyoutube instagram
13th February 2026

ކުޅުދުއްފުށީގައި ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށްފި

ޚަދީޖާ އާދަމް
Mar 16, 2020
1

ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށި ޒޯން ސްޓޭޑިއަމާއި ކުޅިވަރު ކުޅޭ ދަނޑުތައް ބަންދުކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ކުޅުދުއްފުށީގައި ގުޅިގެން އުފައްދާފައިވާ ޓާސްކްފޯސްގެ އިރުޝާދުގެ މަތިން ކުޅުުދުއްފުށީ ޒޯން ސްޓޭޑިއަމް-1 އަދި ކުޅިވަރު ދަނޑުތައް މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މިދަނޑިވަޅުގައި އާންމުން އެއްވެސް ތަނަކަށް އެއްވެ ނޫޅުމަށާއި ބޭރުގައު އުޅޭ ވަގުތު މަދުކޮށް ގޭގައި މަޑުކުރުމަށް ވަނީ ނަސޭހަތްތެރި ވެފައެވެ.

ކުޅިވަރު ކުޅޭ ސަރަހައްދުތަކުގެ އިތުރުން ޕާކުތަކާއި ކުޅުދުއްފުށީ އާޓިފިޝަލް ބީޗާއި އެއާޕޯޓް ބީޗްވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

ދުނިޔޭގެ ހަލުވިކަމާއި އެކު ފެތުރެމުންއަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ރާއްޖެއިން 13 މީހުން ޕޮޒިޓިވް ވެފައިވާއިރު ރަށްރަށުގައި ގާއިމްކޮށްފައިވާ ޓާސްކްފޯސްތަކުން ދަނީ ރައްޔިތުންގެ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355