އަންނަ އެޕްރީލް އަދި މެއި މަހު ކަރަންޓާ ފެން ބިލުން ބައެއް ސަރުކާރުން ދައްކައިދިނުމަށް ނިންމައިފި އެވެ.
ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް19 ގެ ވަބާއާ ގުޅިގެން ދިވެހި ރައްޔިތުނަށް ދިމާވެދާނެ ދަތިތަކަށް ހައްލު ހޯދާދިނުމަށް ކަރަންޓް އަދި ފެން ބިލުން ބައެއް ސަރުކާރުން ދެއްކުމަށް ނިންމިކަން ހާމަކޮށްފައިވަނީ ސަރުކާރުން ތައާރަފްކޮށްފައިވާ އިކޮނޮމިކް ޕެކޭޖްގެ މައުލޫމާތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައ ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
އެގޮތުން ކަރަންޓް ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓް ސަބްސިޑައިޒް ކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.
ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަދި ގަވަރުނަރު އަލީ ހާޝިމް ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ މި ބައްދަލްވުމުގައި ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖެއް ތައާރްފްކޮށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ.