twitterviber whatsapp telegramfacebookyoutube instagram
23rd April 2026

މޯލްޑިވިއަން އިންޑިޔާގެ ދަތުރުތައް މެދުކަނޑާލަނީ

ޚަދީޖާ އާދަމް
Mar 20, 2020

މޯލްޑިވިއަން އިން އިންޑިއާ އަށް ކުރާ ދަތުރުތައް މާދަމާއިން ފެށިގެން މެދުކަނޑާލަން ނިންމައިފި އެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރެމުންދާތީ އެކަން ހުއްޓުވުމަށް އިންޑިއާއިން ވަނީ ކުރިއަށް އޮތް އެއް ހަފުތާއަށް އެ ގައުމަށް އެއްވެސް ބޭރުގެ ފްލައިޓެއް ނުޖެއްސުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފަ އެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ ކޮވިޑް-19އާ ގުޅިގެން އިންޑިޔާގެ ވައިގެ ބަނދަރުތަކަށް ދަތުރުކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ މިނަހުގެ 22 ވަނަ ދުވަސް ކަމަށް އެ ގައުމުގެ ސިވިލްއޭވިއޭޝަނުން ނިންމާފައިވާތީ މާދަމާއިން ފެށިގެން އެކުންފުނިން އިންޑިޔާގެ މަންޒިލްތަކަށް ކުރާ ދަތުރުތައް މެދުކަނޑާލާނެ ކަމަށެވެ.

މި ވަގުތު އިންޑިޔާގެ އެއާޕޯޓްތަކުގައި ދަތުރުތައް ކުރާނީ ހަމައެކަނި ޑޮމެސްޓިކް ދަތުރުތައް ކަމަށް އިންޑިއާއިން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355