twitterviber whatsapp telegramfacebookyoutube instagram
29th March 2024

ލޯކަލް މާރުކޭޓް ފްލޫ ކްލިނިކަކަށް، ހިދުމަތް ދޭން ފަށައިފި

Mar 21, 2020
1

ދުނިޔޭގައި މި ވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ކުޅުދުއްފުށި ލޯކަލް މާރުކޭޓް ފްލޫ ކުލިނިކެއްގެ ގޮތުގައި ތައްޔާރުކޮށް މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ކޭއާރުއެޗްގެ މެނޭޖާރ އަހުމަދު ދާއޫދު ވިދާޅުވީ ކްލިނިކްގެ ހިދުމަތް ހެނދުނު 09:00 – 12:00 އަދި މެންދުރު ފަހު 13:00 ން ހަވީރު 15:00 ލިބޭނެ ކަމަށެވެ.

މި ކްލިނިކަށް ދައްކާނީ ރޯގާޖެހި ހުން އަންނަތާ 4 ދުވަސް ނުވާނަމައެވެ. 4 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހެއްނަމަ ޑޮކްޓަރަށް ދައްކާނީ ހޮސްޕިޓަލަށްކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި މި ދުވަސްވަރު ކޮންމެހެން ހޮސްޕިޓަލަށް އަންނަން ޖެހިގެން މެނުވީ ނައުމަށާއި މި ބަލިމަޑުކަން ރަށުގައި ފެތުރުނަ ނުދިނުމަށްޓަކައި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން މެނުވީ ނުނިކުތުމަށް އަހްމަދު ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑް-19 ޕޮޒިޓިވް ކޭސްއެއް ނުފެނި ދެތިން ދުވަހެއް ދިއުމަކީ ކަމާ ބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތައް ބޮލާލައި ޖަހައި މަގުމައްޗަށާއި އެހެނިހެން ތަންތަނަށް އެއްވެ އުޅުމަށް އޮތް ސަބަބެއް ކަމުގައި ބަލައިގެން ނުވާނެކަމަށާއި އަޅުގަނޑުމެންގެ ޤައުމުގައި މި ބަލި ފެތުރިގެން ހިނގައްޖެނަމަ ކޮންޓްރޯލް ކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަން އަދި ބަލި ފެތުރުނަ ނުދިނުމަށް ފަރުދީ ޒިންމާ އަދާކުރައްވާ ކަމާބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށް އަހްމަދު ނަސޭހަތްތެރިވި އެވެ.

އަހުމަދު ވިދާޅުވީ ކްލިނިކްގައި އިންނަވާނީ އާންމު ބަލީގެ 1 ޑޮކްޓަރު ކަމަށާއި ކްލިނިކަށް ޑޮކްޓަރަށް ދެއްކުމަށް އަންނަ މީހުން ގިނަވާ ނަމަ ހިދުމަތް ދޭ ގަޑި އިތުރުކުރާނެ ކަމަށެވެ.

ހޮސްޕިޓަލުން ލިބޭ އާންމު ހިދުމަތްތައް ކްލިނިކުން ވެސް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޓެސްޓް ހެދުމަށް ލޭ ނެގުމާއި، މެމޯ ނެގުމާއި އެޕޮއިންޓްމެންޓް ހެދުމުގެ ހިދުމަތް ލިބިގެންދާނެ އެވެ. އެގޮތުން ކްލިނިކް ހުޅުވާފައި ހުންނަ ވަގުތު ލެބޯޓަރީ ޓެކްނީޝިއަނެއްވެސް އެތަނުގައި ހަރަކާތްތެރި ވާނެއެވެ.

އަހުމަދު ވިދާޅުވީ ކްލިނިކް ހުޅުވުނީ ގިނަ މުއައްސަސާތަކާއި އާންމުގެ އެހީތެރިކަމާއެކުގައި ކަމަށާއި އެގޮތުން ކްލިނިކް ހުޅުވިފައި ހުންނަ ގަޑިތަކުގައި ކިއު ބަލަހައްޓައި ދިނުމަށް ރެޑްކްރެސެންޓް ކުޅުދުއްފުށީ ގޮފީގެ ބޭފުޅުންގެ އެހީތެރިކަން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ފްލޫ ކްލިނިކް ހެދުމަށް އެ އިމާރާތް ސާފުކުރުމުގައިވެސް ކުޅުދުއްފުށީގެ ގިނަ މުއައްސަސާތަކެއްގެ މުވައްޒަފުންގެ އެއްބާރުލުން ވަނީ ލިބިފަ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އެ އިމާރާތް ފްލޫ ކްލިނިކެއްގެ ގޮތުގައި ހެދުމަށް ޓާސްކްފޯސްއަށް ހަވާލުކޮށްފައިވަނީ ހިލޭ ކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355