twitterviber whatsapp telegramfacebookyoutube instagram
28th March 2024

ސީކުއީން ބޯޓްގެ ދަތުރުތައް މެދުކަނޑާލައިފި

Mar 22, 2020
1

ކޮވިޑް-19 އާ ގުޅިގެން ކުޅުދުއްފުއްޓާއި މާލޭއާ ދެމެދު ދަތުރުކުރާ މަޝްހޫރު ސީކުއީން ބޯޓްގެ ދަތުރުތައް މެދުކަނޑާލައިފި އެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ އިއުލާނުކޮށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާ މިދަނޑިވަޅުގައި ސީކުއީން ބޯޓްގެ ދަތުރުތައް މެދުކަނޑާލީ ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

ސީކުއީން ބޯޓްގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، ދަތުރުތައް މިހާރު މެދުކަނޑާލާފައިވާ ކަމަށާއި އެހެންވުމުން މާދަމާ ކުރަން ހަމަޖެހިފައިވާ ދަތުރު ކެންސަލުކޮށްފައިވާ ކަމަށެވެ.

އަލުން ދަތުރުތައް ފަށާނެ ސީދާ ތާރީހެއް ކަނޑައަޅާފައިނުވިނަމަވެސް ބޮޑަށް ބަލަނީ ސަރުކާރު ހުޅުވުމުން ދަތުރުތައް ފެށޭނެ ކަމަށެވެ. ދަތުރުތައް ފަށާނީ އެވަގުތުގެ ހާލަތު ބެލުމަށްފަހު ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ގިނަ ގައުމުތަކުން ރާއްޖެއަށް އައުން މަނާކޮށްފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސެއް ވެސް 14 ދުވަހު އެކަހެރިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ގެސްޓްހައުސްތަކަށް ގެސްޓުން ގެނައުން މަނާކޮށް ސްޕާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސަފާރީތަކާއި ޔޮޓްތައް ރާއްޖެ އައުން ވެސް މަނާކޮށްފައިވެ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355