twitterviber whatsapp telegramfacebookyoutube instagram
21st October 2025

ބަންދު ތެރޭގައި ވެސް ބިދޭސީންގެ ބައެއް ހިދުމަތްތައް ލިބޭނެ

ނަބީލާ އިސްމާޢީލް
Mar 22, 2020

ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން ސަރުކާރު ބަންދުކޮށްފައި ހުރި ނަމަވެސް ބިދޭސީންގެ ވޯކް ވިސާގެ ހިދުމަތްތައް ދޭ އެކްސްޕެޓް ސިސްޓަމުން ދެމުން އަންނަ ބައެއް ހިދުމަތްތައް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނި މިިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާއަކަށް ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ނިންމާފަ އެެވެ.

މިކަން ހާމަކޮށް އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ބަންދުވުމާ ގުޅިގެން އެކްސްޕެޓް ސިސްޓަމްގެ ހިދުމަތްއްވެސް މެދުކަނޑާލެވިފައިވާ ކަމަށެވެ. ނަމަވެސް މި މުއްދަތުގައި ބައެއް ފަރާތްތަކަށް ދޫކޮށްފައިވާ ރާއްޖޭގައި މަސައްކަތް ކުރުމުމުގެ ހުއްދަ ހަމަވެއްޖެނަމަ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރުމުގެ ހިދުމަތް ދޭނެ ކަމަށާއި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ހިދުމަތް ދޭނެ ކަމަށް ވެސް އެމިނިސްޓްރީއިން ބުނެއެވެ.

އެ ހިދުމަތްތައް ލިބޭނީ މިއަދުން ފެށީގެން އަންނަ ބުރާސްފަތިދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް އެކްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށްގެނެވެ. އެ ވަގުތުތަކުގައި އޮންލައިންކޮށް، "ކޯޓާ އެކްސްޓެންޝަން" އަދި "އެމްޕްލޯއިމަންޓް އެޕްރޫވަލް އެކްސްޓެންޝަން" އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ބަޔާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355