twitterviber whatsapp telegramfacebookyoutube instagram
17th September 2025

މާލޭގެ ދެ ގޭގެ ލޮކްޑައުން އުވާލާއިފި

Mar 24, 2020

ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވެގެން އެކަހެރިކޮށް ކޮވިޑް-19އަށް ޓެސްޓްކުރި ދެ ދިވެއްސަކު ނެގެޓިވްވެފައިވާތީ އެ ދެ މީހުން ދިރިއުޅޭ ގެ ލޮކްޑައުންއިން ނެގުމަށް ސަރުކާރުން ނިންމައިފި އެވެ.

އެ ދެ މީހުންގެ ނަތީޖާ މިރޭ ލިބިފައިވާއިރު ދެ މީހުން ވެސް ކޮވިޑް-19 އަށް ނެގެޓިވް އެވެ.

ކޮވިޑް-19އާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ މާލޭގައި ލޮކްޑައުންކުރި ދެ ގެއަކީ ފެލައިނީއާ ކޮންޓެކްޓްވެގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަ ދެ ދިވެހިން ދިރިއުޅޭ ގެ ކަމަށާއި ދެ މީހުން ވެސް ކޮވިޑް-19 އަށް ނެގެޓިވުމުން އެ ދެ ގެއަށް އަލުން މީހުން ވަދެ ނުކުމެ އުޅެވޭ ގޮތަށް ހުއްދަ ދިނުމުގެ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ.

ނަމަވެސް އަދިވެސް އެ ދެ މީހުން ތިބީ ވެލިދޫގަ އެކަހެރިކޮށްފަ އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ދުބާއީ މަގުން ޗައިނާއަށް ދިޔަ ފަހުން ފެލައިނީ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ ރައްކާތެރިވުމުގެ ގޮތުން އޭނާއާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލްތައް ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި 20 މީހަކު ވެސް އެކަހެރިކޮށްފައި އެބަ ތިއްބެވެ. އެއީ ފެލައިނީ ޗުއްޓީ ހޭދަކުރި ރީތިރަށް ރިސޯޓްގެ ފަސް މީހަކާއި އެމްއޭސީއެލްގެ 15 މުވައްޒަފެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355