twitterviber whatsapp telegramfacebookyoutube instagram
5th July 2025

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ގެންދަނީ

ޚަދީޖާ އާދަމް
Mar 24, 2020

މެންބަރުން ގޭގައި ތިބެގެން އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް މިއަދު ނިންމައިފި އެވެ.

ކޮވިޑް-19 ފެތުރުނަ ނުދޭން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މެދުކަނޑާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމެވީ މިއަދުއެވެ.

މެމްބަރުން ގޭގައި ތިއްބަވައިގެން އަންނަ ހަފުތާ އިން ފެށިގެން ޖަލްސާތައް ވާޗުއަލްކޮށް، ކުރިއަށް ގެންދަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ ކޮމިޓީތަކުގެ މުގައްރިރުންނާއި ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުންނާ މިއަދު މަޝްވަރާ ކުރެއްވުމަށް ފަހު ގަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 20 ޕަސެންޓް، ދެ މަސް ދުވަހަށް އުނިކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި ރާއްޖޭގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އަންނާތީ ރައްޔިިތުންގެ މަޖިލީހުގެ ހަރަދުތަކުގެ ތެރެއިން މަހަކު 19.3 މިލިޔަން ރުފިޔާ ކުޑަކޮށްދޭންވެސް ސަރުކާރުން ވަނީ އެދިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355