twitterviber whatsapp telegramfacebookyoutube instagram
25th October 2025

ދިވެއްސަކަށް ޝައްކުވެގެން މަނަފަރު ރިސޯޓް މޮނިޓަރިންއަށް

Mar 25, 2020

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސަކު ފެނިގެން ރާއްޖޭގެ އުތުރުގައި ހިންގާ ޖޭއޭ މަނަފަރު ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސެއް އެ ރިސޯޓުން ފެނިފައިވާ ކަމާއި މިހާރު އޭނާގެ ސާމްޕަލް ނަގާ ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިން އަށް ލާފައިވާ ކަމަށެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްތަކަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާވާނެއެވެ.

މިހާތަނަށް ރާއްޖެއިން މި ވައިރަހަށް 13 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން ފަސް މީހުން ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. އެ އެންމެންނަކީވެސް ބިދޭސީންނެވެ.

ބަލިން ފަސް މީހުން ރަނގަޅުވި ނަމަވެސް ސިއްހީ މާހިރުންނާއި ކަމާއި ބެހޭ ފަރާތް ތަކުން އިލްތިމާސްކުރަމުން ގެންދަނީ ބޭރަށް ނުނިކުމެ ރައްކާތެރިކަމާއި އެކު ގޭގައި ތިބުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355