twitterviber whatsapp telegramfacebookyoutube instagram
30th July 2026

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 50 އަހަރުގެ މީހާ ކޯޓުން ދޫކޮށްލައިފި

އަބްދުލް ވާހިދު ޙަސަން
Mar 26, 2020
4

މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން އަތުލައިގަތް 50 އަހަރުގެ މީހާ، މުއްދަތު ޖެހުމަށް ކުޅުދުއްފުށީ ކޯޓަށް ގެންދިޔުމުން ދޫކޮށްލައިފި އެވެ.

މިމަހު 24 ވަނަ ދުވަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ހިންގި މި އޮފޮރޭޝަނުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އޭނާ އަތުލައިގަތްއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ބެހޭ ބުލެޓް ސައިޒްގެ 48 ޕެކެޓް ފެނިފައިވާކަމަށެވެ. ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގައި އުޅޭ އެ މީހާ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންގޮސްފައިވަނީ އިއްޔެ އެވެ.

ފުލުހުން ބުނީ ބަންދުގެ މުއްދަތު ޖެހުމަށް ކުޅުދުއްފުށީ ކޯޓުން ގެންދިޔުމުން އެ ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އެ މައްސަލަ އިސްތިއުނާފުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ވިދާޅުވި އެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355