twitterviber whatsapp telegramfacebookyoutube instagram
6th July 2025

ފުރަތަމަ ފަހަރަށް ދިވެއްސަކު ކޮރޯނާއަށް ޕޮޒިޓިވް ވެއްޖެ

ޚަދީޖާ އާދަމް
Mar 27, 2020

ކޮވިޑް19 އަށް ފުރަތަމަ ފަހަރަށް ރާއްޖެއިން ދިވެއްސަކު ޕޮޒިޓިވްވެއްޖެ އެވެ. ޕޮޒިޓިވް ވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި މީހެކެވެ.

ހެލްތް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑްއަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 38 އަހަރުގެ މީހެއް ކަމަށެވެ.

އިނގިރޭސި ވިލާތުން އައި ދިވެހި މީހާ ކަރަންޓީން ކޮށްފައިވަނީ މިމަހުގެ 22 ގައި އެވެ.ވ އަދި އޭނާގެ ޓެސްޓްތައް ހަދަން ފޮނުވީ މިމަހުގެ 25 ވަނަ ދުވަހު ކަމަށާ އަދި ފޮޒިޓިވް ކަމުގެ ނަތީޖާ ލިބިފައިވަނީ މިއަދު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެމީހާ އެ މުއްދަތުގައި އެކަހެރިކޮށްފައި ހުރީ ވަކިން ކޮޓަރިއެއްގައި ކަމަށާ އެހެން ކަމުން އެހެން ބަޔަކާ އެމީހަކާ ކޮންޓެކްޓްވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުން ރާއްޖެ އައި އެމީހާ ފުރަތަމަ ކަރަންޓީނަށް ގެންދެވުނީ ކޮވިޑް19 ގެ އަލާމަތްތައް ފެނިގެން ނޫން ނަމަވެސް އޭނާ ކަރަންޓީން ފެސިލިޓީއާ ހަމައަށް ގެންދެވުނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355