twitterviber whatsapp telegramfacebookyoutube instagram
8th May 2024

ޖަމާއަތުގައި ނަމާދު ނުކުރާ މުއްދަތު އިތުރުކޮށްފި

ނަބީލާ އިސްމާޢީލް
Mar 28, 2020

މާލެ ސަރަހައްދާއި ހުރިހާ ރިސޯޓް ތަކެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދު ކުރުން މެދުކަނޑާލާފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވާތީ މިހާރުގެ ހާލަތަށްބަލާ އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މި މަހު 18 ވަނަ ދުވަހު މެންދުރު ނަމާދުން ފެށިގެން މާލެ ސަރަހައްދާއި ހުރިހާ ރިސޯޓްގައި ނަމާދާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައި އޮތް އޮތުން އަންނަ މަހުގެ 4 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފިނަމަ އެރަށެއްގައިވެސް އެހާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ދަންނަވާ ކަމުގައެވެ. މިހާލަތުގައި ގޭގައި ނަމާދު ކުރުމަށް އެދި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށް އަންގާކަމުގަ އެވެ.

އެމިނިސްޓްރީ ބުނީ މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް ގިނަގިނައިން ދުއާކޮށް އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވާ ކަމަށެވެ.

އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާ އެއްގޮތަށް ަމަލުކުރުމަށާއި މާތްﷲގެ ރަހުމަތުން މާޔީސްނުވުމަށް ނަސޭހަތް ތެރިވާކަށާއި މިއީ މިހާލަތުގެ ސަބަބުން އެޅުން ފިޔަވަޅެއްކަމަށާއި ހާލަތު ބަދަލުވުމުން ކުރިއެކޭ އެއްގޮތަށް ޖަމާއަދުގައި ނަމާދު ކުރެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355