twitterviber whatsapp telegramfacebookyoutube instagram
18th March 2026

އިންޑިއާއިން ގެންނަ ކާޑުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފި

ނަބީލާ އިސްމާޢީލް
Mar 28, 2020

އިންޑިއާއިން ގެނައުމަށް ހަމަޖެހިފައިވާ ކާޑުގެ ބާވަތްތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ގެނެސްފިއެވެ. މި ޝިޕްމަންޓްގައި އިންޑިއާގެ ސޫތުކުޅިން މިއަދު މާލެ އައި ބޯޓުން ގެނެސްފައިވަނީ 500 މެޓްރިކް ޓަނުގެ ހަކުރާއި 993 މެޓްރިކް ޓަނުގެ ހަނޑުލެވެ.

ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ބުނީ އިތުރު 1500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރު ވަރަށް އަވަހަށް ގެންނާނެކަމަށާއި މީގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ 5000 މެޓްރިކް ޓަނުގެ ސިމެންތި ވެސް ކުރު މުއްދަތެއްގައި ރާއްޖެއަށް އަންނާނެކަމަށެވެ.

ކޮވިޑް-19 އިންޑިއާގައިވެސް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިޔާ މިހާރު އޮތީ ލޮކްޑައުންކޮށްފަ އޮތް ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ މި މުއްދަތުގައި ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދަތިކަމެއްނެތި ލިބޭނެކަމަށް ބުނެފަ އެވެ.

އިންޑިޔާގައި މި ވައިރަސް ފެތުރެން ފެށުމާއެކު އެގައުމުން ބޭސް އެކްސްޕޯޓްކުރުން ވަގުތީގޮތުން ހުއްޓާލާފައިވީނަމަވެސް ރާއްޖެއަށް ބޭނުންވާ ބޭސް ލިބޭނެ އިންތިޒާމުވެސް އެގައުމުންވަނީ ހަމަޖައްސާފައެވެ. އެގޮތުން ބޭހުގެ އެހީގެ ގޮތުގައި 3 މަސްދުވަހަށް ބޭނުންވާ ޒަރޫރީ ބޭސް ރާއްޖެއަށް ވަނީ ފޮނުވާފައެވެ.

ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި ކެއިންބުއިމަށް ބޭނުންވާ ސާމާނު ކަށަވަރު ކޮށްދެއްވާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355