twitterviber whatsapp telegramfacebookyoutube instagram
1st September 2025

މުއްދަތެއް ނެތް ގޮތަށް ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް މީހުން ގެނައުން މަނާކޮށްފި

ޚަދީޖާ އާދަމް
Mar 31, 2020

ކޮވިޑް-19 އާ ގުޅިގެން ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ގެނައުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އެންގުމުގައި ބުނެފައި ވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެހެން ގޮތަކަށް އަންގަވަންދެން ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ޗެކިންވުން މަނާ ކުރުމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ގެނައުން ކުރިން މަނާ ކޮށްފައި އޮތީ 14 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު މިއަދު ހަވީރު 6 އަށް ހަމަވާނެ އެވެ.

ނަމަވެސް މިހާރު ޗެކިންވެފައި ތިބި ޓޫރިސްޓުން ބުކިންގެ މުއްދަތު ހަމަވަންދެން އެފަދަ ތަންތަނުގައި ތިބެން ހުރަހެއް ނެތް ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.

ރިސޯޓްތަކުން ރަށްރަށަށް ޓޫރިސްޓުން ދަތުރު ކުރުމާއި ރިސޯޓްތަކުން ރަށްރަށަށް ދަތުރު ކުރުން ވެސް އޮތީ މަނާކޮށްފަ އެވެ.

އަދި ސަފާރީތަކުން މީހުން ރަށްރަށަށް ފޭބުން މަނާ ކުރުމުގެ އިތުރުން ބައެއް ގައުމުތަކުން މީހުން ރާއްޖެ އަށް އައުން ވެސް މަނާ ކުރުމުގެ އިތުރުން އޮފީސްތަކާއި ސްކޫލްތައް ވެސް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355