twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެއާޕޯޓްގެ ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކޮށްފި

ޚަދީޖާ އާދަމް
Apr 1, 2020

ކޮވިޑް-19 އާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި އެމްއޭސީއެލްއިން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

އެމްއޭސީއެލްއިން ބުނީ ވީއައިއޭގައި ފަސިންޖަރުންގެ "ޓަޗް ޕޮއިންޓް"ތައް ސެނިޓައިޒް ކުރުމާއި ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެއާޕޯޓުގައި ބޭނުންކުރާ ބަސްތަކާއި ބެގެޖު ބެލްޓް ޑިސްއިންފެކްޓު ކުރާކަމަށް ވެސް އެމްއޭސީއެލްއިން ބުނެއެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން އެމްއޭސީއެލްއިން މީގެ ކުރިން ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

މިކަމާ ގުޅޭގޮތުން އެމްއޭސީއެލްއިން ހިއްސާކުރި ވީޑިއޯއިން ފެންނަނީ ފަސިންޖަރުން ބޭނުންކުރާ ޓްރޮލީ ފަދަ ތަކެތި ފަސިންޖަރުން އައުމުގެ ކުރިން ހުންނަނީ ސެނިޓައިޒްކޮށް، ޑިސްއިންފެކްޓް ކޮށްފައި ހުންނަ ކަމެވެ.

އެއާޕޯޓު ޑިސްއިންފެކްޓު ކުރުމުގެ އިތުރުންމި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ވެސް ރޭގަނޑު 9:00 ހެނދުނު 6:00 އަށް އެއާޕޯޓު ބަންދުކުރަން ވަނީ ނިންމާފައެވެ. މާޗް 27 ވަނަ ދުވަހު އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލުމާއެކު ވީއައިއޭއަށް ބޭރުގެ ފްލައިޓްތައް އައުން މުޅިން ކަހަލަ ގޮތަކަށް ވަނީ ހުއްޓިފައެވެ.

ހަމައެއާއެކު ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑް19 ކޯޑިނޭޓިން ސެންޓަރެއް ވެސް އެމްއޭސީއެލްއިން ވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން ވީއައިއޭއިން ފުރާ މީހުންގެ ޓެމްޕަރޭޗާ ސްކްރީންކުރުމާއި އެއާޕޯޓު ޑިސްއިންފެކްޓު ކުރުމުގެ އިތުރުން އައިސޮލޭޝަން ފެސިލިޓީއެއްވެސް އެއާޕޯޓުގައި ވަނީ ގާއިމުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355