twitterviber whatsapp telegramfacebookyoutube instagram
1st November 2026

24 ގަޑިއިރު ހިދުމަތް ދެމުން އައި ބައެއް އެއާޕޯޓްގެ ގަޑިތަކަށް ބަދަލު ގެނެސްފި

ނަބީލާ އިސްމާޢީލް
Apr 2, 2020

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ފްލައިޓްތަކުގެ ހަރަކާތްތައް ވަރަށް ބޮޑަށް މަދުކޮށް ހަމައެކަނި ދުވާލަށް ބަަދަލުކޮށްފައިވާތީ ރީޖަނަލް ތިން އެއާޕޯޓެއްގެ 24 ގަޑިއިރުގެ އޮޕަރޭޝަންތައް ހުއްޓާލައިފި އެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ހިދުމަތުގެ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވަނީ ހަނިމާދޫ އެއާޕޯޓް، ކާނޑެއްދޫ އެއާޕޯޓު އަދި ފުވައްމުލަކު އެއާޕޯޓުގަ އެވެ. މި ތިން އެއާޕޯޓުން ވެސް ދެން ހިދުމަތް ދޭނީ ހެނދުނު ހަޔަކުން ފެށިގެން އިރުއޮއްސި ހަޔަކާ ހަމައަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެއެވެ.

ނަމަވެސް މެޑިކަލް އިވެކުއޭޝަން ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރޭގަނޑު ފްލައިޓްތައް ބާއްވާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އެގޮތުން އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ތިން ގަޑިއިރު ކުރިން އެ މައުލޫމާތު އެއާލައިން އޮޕަރޭޓަރުގެ ފަރާތުން އެއާޕޯޓަކަށް އެންގެވުމުން ފްލައިޓް ހަރަކާތުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ބަލިމަޑުކަން ކޮންޓްރޯލު ކުރުމުގެ ގޮތުން ކަމާއިބެހޭ ފަރާތް ތަކާއި ސިއްހީ މާހިރުން ތަކުރާރުކޮށް އިލްތިމާސްކުރަމުން ގެންދަނީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށެވެ. އަދި ގޭގައި މަޑުކުރެއްވުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293