twitterviber whatsapp telegramfacebookyoutube instagram
29th March 2024

ލަންކާ އިން ވިސާގެ މުއްދަތަށް އިތުރު އެއް މަސް ދެނީ

ނަބީލާ އިސްމާޢީލް
Apr 2, 2020

ސްރީ ލަންކާގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުންގެ ވިސާގެ މުއްދަތު އަނެއްކާވެސް އިތުރު އެއް މަހަށް ލަންކާ ސަރުކާރުން ހަމަޖައްސައިދީފި އެވެ.

މިހާރު ހަލުވިކަމާއި އެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ވައިގެ ދަތުރުތައް މެދުކަނޑާލައި ވިސާ ދޫކުރުން މިދިޔަ މަހު ވަނީ މަޑުޖައްސާލާފަ އެވެ. ނަމަވެސް އެ ގައުމުގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުންގެ ވިސާގެ މުއްދަތު 12 އެޕްރީލާ ހަމައަށް އޮތީ އިތުރުކޮށްދީފަ އެެވެ.

ލަންކާގެ ސަރުކާރުން ވަނީ ހުރިހާ ބާވަތެއްގެ ވިސާގެ މުއްދަތު އަނެއްކާވެސް އިތުރު އެއް މަހަށް އިތުރުކޮށް ދީފަ އެވެ. އެހެންކަމުން އެ ގައުމުގައި މިހާރު ތިބި އެހެން ގައުމުތަކުގެ މީހުންގެ ވިސާގެ އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ވަނީ އިތުރުވެފަ އެވެ.

މީގެ ކުރިން ވިސާ އާ ކުރަން ލަންކާގެ އިމިގުރޭޝަނަށް ދާން ޖެހުނަސް މި ފަހަރު ލަންކާ ސަރުކާރުން އެންގީ އިމިގްރޭޝަނަށް ވިސާ އިތުރު ކުރަން އިމިގްރޭޝަނަށް ނުދިއުމަށެވެ. އަދި ވިސާ އިތުރު ކުރުމުގެ ފީ އާއި ޕާސްޕޯޓްގައި އޭގެ ތަތްގަނޑު ޖެހުމާ ދެއްކުމާ ގުޅޭ އުސޫލުތައް ފަހުން ހާމަ ކުރާނެ ކަމަށް ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ވިސާ އިތުރު ކޮށްފައިވާ މުއްދަތުގައި ލަންކާއިން ފުރަން ބޭނުންވާ ނަމަ، އިތުރު ޖޫރިމަނާއަކާ ނުލައި އެއާޕޯޓަށް ވިސާ ފީ ދެއްކުމަށް ފަހު ފުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެ މުއްދަތުގައި ފުރުމުގެ ކުރިން ލަންކާ ސަރުކާރަށް އެކަން އަންގަންވާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނައަދަދެއްގެ ދިވެހީންވެސް ދިރިއުޅެމުންދާ ސްރީލަންކާގައި ވެސް ވަނީ ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފްލައިޓްތަށްވެސް މެދުކަނޑާލެވިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355