twitterviber whatsapp telegramfacebookyoutube instagram
7th May 2024

މިއީ ދިވެހިން އެއްބައެއްގެ ގޮތުގައި މަސައްކަތްކުރަންވީ ވަގުތު: މަބްރޫކް

Apr 2, 2020

މިވަގުތަކީ ދިވެހިން މިއީ އެއްބައެއްކަން ދަނެ، އެންމެ އެއްބައެއްގެ ގޮތުގައި މަސައްކަތްކުރަންވީ ވަގުތުކަމަށް ކޮވިޑް-10 އާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޭ ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މީ އެ މީހެއްގެ އަމިއްލަ ފައިދާއަށް އެކަނި މަސައްކަތް ކުރަންވީ ވަގުތު ނޫން ކަމަށާ، މިއީ އެންމެ އެއް ބައެއްގެ ގޮތުގައި މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ.

ކުލި ކުޑަކުރުމުގެ ވާހަކަތަކާއި ވަޒީފާތަކުން މުވައްޒަފުން ވަކިކޮށް، އެކި ދަތިހާލު ދިމާވާ ވާހަކަތައް އަޑުއިވެމުންދާ މިވަގުތު ހުރިހާ ފަރާތްތަކުންވެސް ބަލަންވީ، ކުލި ކުޑަކޮށް ވަޒީފާތަކުން ދިވެހިން ނުކަނޑަ ހިފަހައްޓައިދޭވޭތޯ، މަބުރޫކް އިލްތިމާސްކުރެއްވި އެވެ.

"މިވަގުތު އަޅުގަނޑުމެން އެންމެ އެއް ބައެއްގެ ގޮތުގައި މަސައްކަތްކުރަންވީ. މިވަގުތަކީ އެއްވެސް މީހެއް، އެމީހެއްގެ އަމިއްލަ ފައިދާއަށް އެކަނި މަސައްކަތްކޮށްގެން އަޅުގަނޑުމެންނަށް ގައުމެއްގެ ގޮތުގައި ކުރިއަށްދެވޭނެ ވަގުތެއް ނޫން." މަބްރޫކް ވިދާޅުވި އެވެ.

"
"އެހެންވީމާ އަޅުގަނޑުމެން މިތިބީ ސަރުކާރެއްގެ ގޮތުގައި ސަޕޯޓްދޭން ދެއްވުނު ވަރަކަށް."
މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ، އުންމީދަކީ ދިވެހިން މިއީ އެއްބައެއްކަން ދަނެ، މިވަގުތު އަމިއްލަ ފައިދާއަށް ނުވިނަސް ހުރިހާ ފަރާތްތަކުންވެސް ވެދެވެން ހުރި އެހީތައް، ކުރެވެން ހުރި ކަންތައްތައް ކޮށްދިން ކަމަށެވެ.

އޭނާ ވިދާޅުވީ، އަމިއްލަ ވިޔަފާރިތަކުން އާގޮތްތައް އީޖާދުކޮށް މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ގޮތް ހޯދުން ފަދަ ކަންތައްތައް ކުރެވިދާނެ ކަމަށެވެ. އަދި ވީވަރަކުން ދިވެހިން ވަޒީފާތަކުގައި ހިފަހައްޓައި ދިނުމަށްވެސް މަބްރޫކް އެދިވަޑައިގެންނެވި އެވެ. އަދި އެކަންކަން ކުރައްވާ ފަރާތްތަކާއެކު ސަރުކާރު އޮންނާނެކަމުގެ ޔަގީންވެސް މަބްރޫކް އެރުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355