twitterviber whatsapp telegramfacebookyoutube instagram
19th May 2024

އިންތިހާބުގައި ވާދަކުރާ ސިވިލް ސާވެންޓުންގެ ސަސްޕެންޝަން އުވާލަން އެދިއްޖެ

ޚަދީޖާ އާދަމް
Apr 2, 2020

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 200 އަށް ވުރެ ގިނަ ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވާލަން ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް މަޖިލީހުގައި އިއްޔެ އެދިވަޑައިގެންފި އެވެ.

ކުރިން ނިންމާފައި އޮތީ ކައުންސިލް އިންތިހާބު އަންނަ ހޮނިހިރުދުވަހު އިން ބާއްވާށެވެ. ނަމަވެސް ކޮވިޑް-19ގެ ސިއްހީ ކުއްލި ނުރައްކަލާ ގުޅިގެން މިމަހު 18 އަށް ލަސްކުރުމަށްފަހު ރާއްޖެ އިން ކޮރޯނާވައިރަސް ފެތުރުނަ ނުދޭން އެޅި ފިޔަވަޅެއްގެ ގޮތުން އިންތިހާބު މިހާރު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

އޭރު އިންތިހާބަށް ކުރިމަތިލައި ކެންޑިޑެސީ ކަށަވަރުވި މީހުންގެ ތެރޭގައި ސިވިލް ސާވިސްގެ މުވައްޒަފުން ވެސް ހިމެނޭތީ އިންތިހާބު ލަސްކޮށް މި މުވައްޒަފުންގެ ސަސްޕެންޝަން އުވާނުލާތީ ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމުގެ ކަންބޮޑުވުން ލިބެމުން އަންނަ ކަމަށް ވިސާމް ވިދާޅުވި އެވެ.

އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމާ އެކު 204 ސިވިލް ސާވަންޓުން ވަޒީފާ އިން ސަސްޕެންޑްވި އެވެ.

ފަސްކޮށްފައިވާ ކައުންސިލް އިންތިޚާބު އަންނަ ޖެނުއަރީ 6 ގެ ކުރިން ބާއްވަން "ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނު"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފަ އެވެ. އެ ބިލުގެ ބޭނުމަކީ ގާނޫނުގައި ބުނާ މުއްދަތުގައި އިންތިޚާބު ނުބޭއްވި ލަސްވެފައިވާތީ ގާނޫނީ ފަރުވާއެއް ހޯދުމެވެ.

އެ ގާނޫނު ފަރުމާކޮށްފައި ވަނީ އިންތިހާބު ނިމުމާ އެކު އުވާލާ ގޮތަށެވެ. އަދި އިންތިހާބު ފަސްކުރިއިރު އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެފައިވާ ހިސާބުން އަލުން ހުރިހާ ކަމެއް ފަށާ ގޮތަށެވެ. އެހެންކަމުން، އިންތިހާބަށް އަލުން ހުޅުވާނުލައި ކުރިއަށް ގެންދާނީ މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާ އެކުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355