twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރައްކާތެރި މާހައުލެއް ކަށަވަރުވުމުން ނޫނީ އިންތިހާބުގެ ތައްޔާރީތައް ނުފެށޭ ގޮތަށް ހުށައަޅައިފި

ޚަދީޖާ އާދަމް
Apr 3, 2020

ސިއްހީ ކުއްލި ހާލަތު އުވާލައި ރައްކާތެރި މާހައުލެއް ކަށަވަރުވުމުން ނުނީ ލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީތައް ނުފެށޭ ގޮތަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނު 2020" ނަމުގައި ސަރުކާރުން ބިލެއް ހުށަހެޅީ ރައްކާތެރި މާހައުލެއް ގާއިމްކުރެވެންދެން އިންތިޚާބުގެ ތައްޔާރީތައް މަޑުޖައްސާލުމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ލަސްކުރި ކައުންސިލް އިންތިހާބު ލަސްވެގެން، އަންނަ އަހަރުގެ ޖެނުއަރީ 6 ގެ ކުރިން އިންތިހާބު ބާއްވައި ނިންމަންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވާއިރު ބިލުގައި ވާގޮތުން އިންތިޚާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާތާ ހަތް ދުވަހުގެ ތެރޭގައި އިންތިޚާބާ ގުޅޭ ކަންކަން ރަސްމީކޮށް ފަށާނެ ތާރީޚަކާއި އިންތިޚާބު ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަންވާނެ އެވެ.

ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބުމުން އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ތައްޔާރީތައް ފަށަން ޖެހޭނީ މެދުކަނޑާލި ހިސާބުން މިހާރު އިއުލާންކޮށްފައިވާ ކެންޑިޑޭޓުންނާ އެކުގައި ކަމަށްވެސް އެ ބިލުގައިވެ އެވެ.

އެގޮތުން ގާނޫނީ ހައްލެއް ހޯދަން މަޖިލީހަށް ހުށަހެޅި ބިލުގައި ބުނެފައި ވަނީ އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާ އެކު އިންތިހާބު ފަސްވީ ކަމަށެވެ. ބިލް ހުށަހެޅީ އިންތިހާބު ނިމުމާ އެކު އެ ގާނޫނު އުވާލާގޮތަށެވެ.

ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނެސްފައިވާ އިސްލާހުތަކާ އެއްގޮތަށް، އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވީ ލޯކަލް ކައުންސިލްގެ އިންތިހާބު މާދަމާ ބާއްވާށެވެ. އެ ތާރީހާގައި ނުބޭއްވުނަސް އިންތިހާބު ފަސްކުރުމުގެ ގާނޫނީ ބާރެއް ކޮމިޝަނަކަށް ނޯވެ އެވެ.

ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނެސްފައިވާ އިސްލާހުތަކާ އެއްގޮތަށް، އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވީ ލޯކަލް ކައުންސިލްގެ އިންތިޚާބު މާދަމާ ބާއްވާށެވެ. އެ ތާރީހުގައި ނުބޭއްވުނަސް އިންތިހާބު ފަސްކުރުމުގެ ގާނޫނީ ބާރެއް ކޮމިޝަނަކަށް ނޯވެ އެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނު ބުނާ ގޮތުން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެނީ ހިނގަމުން އަންނަ ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިންނެވެ. މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވަނީ ޖޫން މަހަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355