twitterviber whatsapp telegramfacebookyoutube instagram
19th April 2024

އާ ދިރާސާއަކުން ދައްކާގޮތުގައި ނޭވާލާ ވައިންވެސް ވައިރަސް ފެތުރިދާނެ: ޑރ. މުހައްމަދު

ޚަދީޖާ އާދަމް
Apr 4, 2020

އާ ދިރާސާއަކުން ދައްކާގޮތުގައި ނޭވާލާވައިންވެސް ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު އެބައޮތްކަމަށާއި ރައްކާތެރިވުމުގެ ގޮތުން ފޮތި މާސްކު އަޅަން ޑރ މުހައްމަދު އަލީ އިރުޝާދު ދެއްވައިފި އެވެ.

މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި މުހައްމަދު އަލީ ވިދާޅުވީ ކޮވިޑް19 ޖައްސާ ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު އޮތީ ހަމަ އެކަނި "ޑްރޮޕްލެޓްސް"އިން ނޫން ކަމަށާއި އަޅުގަނޑުމެން ބޭރަށް ލާ ނޭވާއާއި އެކުވެސް އެ ވައިރަސް ބޭރުވެ ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް އާ ދިރާސާއިން ދައްކާ ކަމަށެވެ.

އަދި މި ބައްޔަކީ މުޅިން އާ ބައްޔެއް ކަމަށާއި އާ މައުލޫމާތު އަބަދުވެސް އަންނަނީ ލިބެމުންނެވެ. އެމެރިކާއަށް ބަލި ފެތުރުމާއި ގުޅިގެން އެމީހުން ކުރާ ދިރާސާތައް އިތުރުކޮށްފައިވުމުން ގިނަ މައުލޫމާތުތަކެއް ލިބެމުންދާނެ ކަމަށްވެސް ޓްވީޓުގައި ވަނީ ބުނެފައެވެ.

އަދި އިތުރު ހެކިތައް އަންނަންދެން އެގޮތަށް އަމަލު ކުރައްވަން އެދޭ ކަމަށްވެސް އެ ޓްވީޓުގައި ވަނީ އެދިފައެވެ.

ނޭވާލާއިރު ބޭރުވާ ވައިން މި ވައިރަސް ބޭރުވެ ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ހާމަކުރި މިއީ ފުރަތަމަ ދިރާސާ އެވެ.

މި ކަމާ ގުޅޭ ގޮތުން ދިވެހި ބައެއް ޑޮކްޓަރުން ވަން އަށް ވިދާޅުވީ ފޮތި މާސްކަކީ ވެސް މުޅީން ރައްކާތެރިކޮށްދޭނެ އެއްޗެއް ކަމަށް ގަބޫލު ނުކުރުމަށާއި އެހެން ނަމަވެސް އެއްވެސް ހުރަހެއް ނެތުމަށް ވުރެ ލިބޭ ރައްކާތެރިކަން ފޮތިމާސްކް އުޅުމުން ބޮޑު ވާނެ ކަމަށެވެ.

ބަލިން ރައްކާތެރި ވުމަށް ފޮތި މާސްކުން ނޭފަތާއި އަނގަ ބަންދުކުރެވިދާނެ ކަމަށް ޑޮކްޓަރު ލަފާދެއްވިއެވެ. އަދި ފޮތި މާސްކު ހަދާނެ ގޮތްވެސް ކިޔައިދެއްވައިފައި ވެއެވެ.

މީގެ ކުރިން ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ ކޮވިޑަކީ-19 އަކީ "އެއާބޯން" ނުވަތަ ވައިގެ ތެރޭން ފެތުރޭ ބައްޔެއްކަން އެނގިފައި ނުވާ ކަމަށެވެ. އެބަލި ޖެހެނީ، ބަލި ޖެހިފައި ހުރި މީހަކު ކެއްސައި، ކިނބިހި އަޅައި ނުވަތަ ވާހަކަ ދައްކާއިރު ބޭރުވާ ކުޅުގައި ހުންނަ ޖަރާސީމުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355