ކޮރޯނާވައިރަހާ ގުޅިގެން ދިމާވެދާނެ އިގްތިސޯދީ ހީނަރުކަމަށްބަލާ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ވަގުތީގޮތުން ދަނޑުވެރިކަމަށް ބިން ދޫކުރަން ހދ. ކުރިނބީ ކައުންސިލުން ނިންމައިފިއެވެ.
އެކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ން ދޫކުރުމަށް ކައުންސިލުން ނިންމާފައިވަނީ އެއްބެސް ކުއްޔަކާ ނުލާ ކަމަށާއި ދަނޑުވެރިކަން ކުރަން ބޭނުންވާ ކޮންމެ ގެއަކަށް ބިމެއް ދޫކުރަން ނިންމާފައި ވާކަމަށެވެ.
އެގޮތުން ދަނޑުގެ ބޮޑުމިން ކަނޑައަޅާނީ އެކަމަށް އެދޭ ފަރާތްތަކަށް ނިސްބަތްކޮށް ދަނޑުދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބޮޑުމިނަށް ބަލައިގެން ކަމަށާއި މިގޮތުން ދޫކުރާ ދަނޑުތަކަކީ ކުރު މުއްދަތަކަށް ދޫކުރެވޭ ވަގުތީ ދަނޑުތަކަކަށް ވާތީ އެ ދަނޑުތަކުގައި ހެއްދޭނީ ގޮވާމާއި، ފަލަމަޑީގެ ބާވަތްތައް ފަދަ ކުރު މުއްދަތުގައި ހައްދައިގެން ކާނާ ލިބޭ ބާވަތްތައް ކަމަށް ކައުންސިލުން ބުންޏެވެ.
ދަނޑުބިން ބޭނުންވާ ގޭގެއިން ނަންނޯޓް ކުރުން 9 އޭޕްރިލް ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެކަމަށާއި ނަންނޯޓް ކުރުމަށް 23:30 އިން 21:30 ދެމެދު 6520036 ނަންބަރަށް ގުޅުއްވުމަށް ކައުންސިލުން އެދިފައި ވެއެވެ.