twitterviber whatsapp telegramfacebookyoutube instagram
4th January 2026

ކޭޕީއެލްގެ މަސައްކަތްތައް އަވަސްކުރުމަށް ކޮންޓެއިނަރ އުފުލާ ޓްރެކްޓަރެއް ގެނެސްފި

އަބްދުލް ވާހިދު ޙަސަން
Apr 11, 2020
5

ކުޅުދުއްފުށީ ސަރަހައްދީ ބަންދަރުގެ މަސައްކަތްތައް ހަލުވިކުރުމަށް ކޮންޓެއިނަރ އުފުލާ ޓްރެކްޓަރެއް ގެނެސްފި އެވެ.

40 ފޫޓްގެ މި ޓެރެކްޓަރު ޓުރެއިލަރ ގެނެސް، ބަނދަރަށް ބާލާފައިވަނީ އިއްޔެ އެވެ. މި ޓްރެކްޓަރަކީ ކޮންޓެއިނަރ ހުރިގޮތަށް އުފުލާ ވެހިކަލެކެވެ.

ކޭޕީއެލުގެ ޗީފް މެނޭޖަރު މުހައްމަދު އަހުމަދު ކޭއޯއަށް ވިދާޅުވީ މި ވެހިކަލުގެ ސަބަބުން ބަނދަރުން މުދާ ބޭލުމުގައި ވަރަށް ބޮޑުތަނުން އަވަސްވެގެންދާނެ ކަމަށާއި އެގޮތުން މި ވެހިކަލުގައި ކަސްޓަމަރުންގެ މުދާ ކޮންޓެއިނަރު ހުރިގޮތަށް ގުނަދާ ހިސާބަށް ފަސޭހަކަމާއެކު ގެންގޮސްދެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ކޭފީއެލުން ކުރިން މުދާ ކަސްޓަމަރުންގެ ގުދަންތަކާ ހަމައަށް ގެންދަނީ ކޮންޓެއިނަރުންތައް ކަނޑައި، މުދާތައް ނެގުމަށްފަހު ޕިކަޕްތަކުގައި އެވެ. އެހެވުމުގެ ސަބަބުން އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވެ އެވެ. މުހައްމަދު ވިދާޅުވީ، ކޮންޓެއިނަރުތަކުގެ އިތުރުން ލަކުޑި ބަންޑެލްތައްވެސް މި ޓްރެކްޓަރުގެ އެހީގައި ގެންދެވޭނެ ކަމަށެވެ.

މި ބަނދަރަށް އަލަށް ގެނެވުނު މި ޓްރެކްޓަރާއެކު ކޭޕީއެލްގެ ވެހިކަލު ފުލީޓްގެ އަދަދު މިވަނީ 8 އަށް އަރާފަ އެވެ. އެއީ 25 ޓަނުގެ ކުރޭން، 30 ޓަނުގެ ކުރޭން، 150 ޓަނުގެ ކުރޭންޏެއްގެ އިތުރުން ހަތަރު ފޯކްލިފްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355