twitterviber whatsapp telegramfacebookyoutube instagram
25th December 2025

ޖަމާއަތުގައި ނަމާދު ނުކުރާ މުއްދަތު އިތުރުކޮށްފި

Apr 11, 2020

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާލެ ސަރަހައްދު އަދި އެ ވައިރަހާ ގުޅިގެން އަރާ ފޭބުން މަނާ ކުރާ ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރަން ނިންމާފައިވާ ނިންމުން އިތުރު އެއް ހަފުތާ އަށް ދަމަހަށްޓަން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން މި މަހުގެ 18 ވާ ހޮނިހިރު ދުވަހުގެ އަސްރު ނަމާދާ ހަމައަށް ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ކޮރޯނާވައިރަހާ ގުޅިގެން ރަށެއް ލޮކްޑައުން ކޮށްފި ނަމަ، އެ ހާލަތު ނިމެންދެން އެ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ފަރުޟު ނަމާދާއި ހުކުރު ނަމާދު ނުކުރާ ގޮތަށެވެ.

މާލެ ސަރަހަށްދުގެ މިސްކިތްތަކުގައި މިިދިޔަ ތިން ހަފުތާގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ކޮންމެ ނަމާދަކަށް އަންނަނީ ބަންގި ގޮވަމުންނެވެ. އަދި ހުރިހާ އެންމެން ވެސް ގޭގައި ނަމާދު ކުރުމަށް އެދި ބަންގި އަށް ފަހު ދިވެހި ބަހުން ގޮވަ އެވެ.

ކޮވިޑް އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގައި މިދިޔަ މަހުގެ 12 ގައި އިއުލާން ކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މި މަހުގެ 30 އާ ހަމައަށް ދަންމަހަށްޓާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355