ކޮވިޑް-19 އަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ދިވެހި މީހާ ރަނގަޅުވެއްޖެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއިއޯސީ) އިން ދެންމެ ބުނެފި އެވެ.
އެންއިއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ދިވެހި މީހާ ޑަބަލް ނެގެޓިވްވުމުން ދޫކޮށްލާފައިވާ ކަމަށެވެ.
ރާއްޖެ އިން ފުރަތަމަ މި ވައިރަހަށް ޕޮޒިޓިވްވީ އިނގިރޭސިވިލާތުން މިދިޔަ މަހު 22 ވަނަ ދުވަހު ރާއްޖެ އައި މީހެކެވެ. އޭނާ ރާއްޖެ އައިސް ފުރަތަމަ ހުރީ ހޮލިޑޭ އައިލެންޑް ކަރަންޓީން ފެސިލިޓީގަ އެވެ. އެ މީހާ އަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން ޓެސްޓްކުރުމުން ނަތީޖާ ލިބިފައި ވަނީ މާޗް 27 ވަނަ ދުވަހު އެވެ.
ރާއްޖެ އިން މިހާތަަނަށް 20 މީހަކު މި ވައިރަސް އަށް ޕޮޒިޓިވްވެ 14 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ބަލިން ރަނގަޅު ނުވެ ތިބީ ހަތަރު ދިވެހިންނާއި ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ލިބުނު ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވި އިޓަލީގެ ދެ ފަތުރުވެރިންނެވެ.