twitterviber whatsapp telegramfacebookyoutube instagram
5th May 2024

ރައީސް ކީރިތިކުރައްވަމުން އެދިވަޑައިގަތީ ރައްޔިތުންގެ އެއްބާރުލުން ދިނުމަށް

Apr 15, 2020
2

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން ފެނުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކީރިތި ކުރައްވައިފި އެވެ.

ރައީސް ވާހަކަފުޅު ދެއްކަވަމުން ގެންދެވިއިރު، ކީރިތިކުރެއްވި ބައެއް ފަހަރު ވާހަކަފުޅު މެދުކެނޑުނެވެ. ވާހަކަފުޅު ކުރިއަށްގެންދިޔަ އެމަނިކުފާނުގެ މޫނުފުޅުމަތިން ފެނިގެންދިޔައީ ނުތަވަސްކަމެވެ.

ރައީސް އަސަރާއެކު ވާހަކަފުޅު ދައްކަވަމުން އެދިވަޑައިގަތީ މިކަމުގައި ރައްޔިތުންގެ އެއްބާރުލުމާއި ކެތްތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި މިކަމުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށާއި މިއީ އެންމެން އެކުވެރިކަމާއެކު މަސައްކަތްކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އެދިވަޑައިގެންނެވީ ހުރިހާ ރައްޔިތުން ގޭގައި މަޑުކުރައްވައި ސާފުތާހިރުކަން އިސްކުރުމަށެވެ. އަދި އިސްލާމް ދީނުގެ މަތިވެރި އުސޫލުގެ ތެރެއިން އެކަކު އަނެއްކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355