twitterviber whatsapp telegramfacebookyoutube instagram
20th August 2025

މަގުމަތިވެފައި ތިބި 24 މީހަކު ވަގުތީ ހިޔާތަކަށް ގެންގޮސްފި

Apr 16, 2020

ގެދޮރު ނެތި މާލޭގައި މަގުމަތިވެފަ ތިބި 24 މީހަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފި އެވެ.

ފުލުހުން ބުނީ، ރޭ ފުލުހުން ކުރި މަސައްކަތުން، މަގުމަތިވެފައި ތިބި 24 މީހަކު ހޯދިފައިވާ ކަަމަށެވެ. އަދި އެ އެންމެން ވެސް މިހާރު ވަގުތީ ހިޔާތަކަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީ ވަގުތީ ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމް އިމާދުއްދީން ސްކޫލުގައި ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި ދިވެހިންނާއި ބިދޭސީންވެސް ހިމެނެއެވެ.

މި މަސައްކަތް ކުރަމުންދަނީ މިނިސްޓީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި މާލެ ސިޓީ ކައުންސިލާއި ފުލުހުންނާއި ދިވެހި ރެޑް ކްރެސެންޓް ގުޅިގެންކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެއީ އެމީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ ސަރުކާރުން ކަމަށާއި، ފުލުހުން ހަރަކާތްތެރިވީ އެ ތަކެތި ބެހުމުގައި ކަމަށެވެ.

މާލެއިން އެންމެ ފުރަތަމަ މީހަކު ބައްޔަށް ޕޮޒިޓިވްވީ އިއްޔެ ހެނދުނެވެ. އޭނާއާ ކޮންޓެކްޓުވި އިތުރު ދެ މީހަކު ވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

މިހާރު ކޮރޯނާވައިރަހާ ގުޅިގެން މާލޭގެ އެލާޓް ސްޓޭޓަސް ވަނީ ރަތް ކުލައަށް މަތިކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355