twitterviber whatsapp telegramfacebookyoutube instagram
20th August 2025

ފުރަތަމަ ކޭސް އުޅޭތާ 14 ދުވަހުން ޕީކަށް ދާނެކަމަށް ބެލެވޭ

ޚަދީޖާ އާދަމް
Apr 17, 2020

ފުރަތަމަ ކޭސް އުޅޭތާ 14 ދުވަހުގެ ތެރޭގައި ރާއްޖެ "ޕީކަށް" ދާނެ ކަމަށް ރާއްޖޭގައި ހެދި މޮޑިއުލްއިން ދައްކާ ކަމަށް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑޮކްޓަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ނަޒްލާ ވިދާޅުވީ ރާއްޖޭގައި ހެދި މޮޑެލިން ދައްކާގޮތް ފުރަތަމަ ކޭސްއެއް އުޅޭތާ 14 ދުވަހުގެ ތެރޭގައި "ޕީކަށް" ދާނެ ކަމަށް ބެލެވޭ ކަމަށާ އެހެން ކަމުން ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް ކަމަށެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ބައްދަލްވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 މުޖްތަމައުގެ ތެރޭގައި ފެތުރެން ފަށައިފިނަމަ ފެތުރޭނެ މިންވަރުގެ މައްޗަށް ބަލާ ދިރާސާއެއް ހަދާފައިވާ ކަމަށެވެ. އަދި މާލެއިން ޕޮޒިޓިވް ކޭސްތައް ފެންނަން ފެށުމުން އެ ކޭސްތައް ހިމަނައިގެން އެ ދިރާސާ އަލުން ކޮށްފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ މިހާތަނަށް މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ފަހުން ފެނުނު ދެ ކޭސްއަކީ ކުރިން ޕޮޒިޓިވްވި ކޭސްތަކާ އެއްވެސް ގުޅުމެއް އޮތް ދެ ކޭސްއެއް ނޫން ކަމަށެވެ.

މިހާތަނަށް މާލެއިން ފެނުނު ކޭސްތައް ވަނީ 8 އަރާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355