twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ ބަނދަރުގައި ސެކިއުރިޓީ ޑެސްކް ގާއިމު، 24 ގަޑިއިރު ފޯރިމަރަނީ

- ބަނދަރުގައި ފުލުހުންނާއި ސިފައިންވެސް ތިބޭ
- ކުޅުދުއްފުއްޓަށް އާދެވޭނީ ސޯޝަލް ސަޕޯޓް ޑެސްކަށް އެންގުމަށްފަހު
- ސޯޝަލް ސަޕޯޓް ޑެސްކްގެ ނަންބަރަކީ 6527173

އަބްދުލް ވާހިދު ޙަސަން
Apr 18, 2020
1

ރާއްޖޭގެ ހުރިހާ ރަށަކަށް މީހުން އަރައި ފޭބުން މަނާކޮށްފައިވާތީ، އެކަން ތަންފީޒުކުރުމުގެ ގޮތުން ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި ސެކިއުރިޓީ ޑެސްކް ގާއިމުކޮށް 24 ގަޑިއިރު ފޯރިމަރަން ފަށައިފި އެވެ.

ކުޅުދުއްފުށީ ޓާސްކް ފޯސް އިން ބުނީ ޒަރޫރީ ބޭނުމެއްގައި ކުޅުދުއްފުއްޓަށް އާދެވޭނީ ކުޅުދުއްފުށީ ސޯޝަލް ސަޕޯޓް ޑެސްކްއަށް އެންގުމަށްފަހު ކަމަށެވެ. ސޯޝަލް ސަޕޯޓް ޑެސްކްގެ ނަންބަރަކީ 6527173 އެވެ.

ކުޅުދުއްފުއްޓަށް އަންނަ ނަމަ އަންނަ ބޭނުމާއި، އަންނަ މީހުންގެ އަދަދާއި މައުލޫމާތު އެ ރަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކު މެދުވެރިކޮށް، ކުޅުދުއްފުށީ ސޯޝަލް ސަޕޯޓް ޑެސްކަށް އަންގަން ޖެހޭނެ އެވެ. މިގޮތަށް އަމަލު ނުކޮށްފިނަމަ އެ އުޅަނދެއް އަނބުރާ ފޮނުވާ ލެވޭނެކަމަށްވެސް ޓާސްކް ފޯސް އިން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީ ބަނދަރުގައި ގާއިމުކޮށްފައިވާ ސެކިއުރިޓީ ޑެސްކުގައި ފުލުހުންނާއި ސިފައިން، ރެޑްކުރެންސެންޓްގެ އިތުރުން ކައުންސިލާއި ހޮސްޕިޓަލުގެ މުވައްޒަފުން ތިބެ އެވެ.

ކުޅުދުއްފުށީ ޓާސްކް ފޯސްގެ ޗެއާމަން އަހުމަދު ދާއޫދު ވިދާޅުވީ، އިއްޔެ 6 މިހާތަނަށް ގާތްގަނޑަށް 187 ކޯލެއް ސޯޝަލް ސަޕޯޓް ޑެސްކަށް އައިސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އަންނަ ބޭނުންވާ ހުރިހާ އެންމެންނަށް ނާދެވޭނެކަމަށާ އާދެވޭނީ ހުއްދަދެވޭ ވަކި ބަޔަކަށް ކަމަށެވެ. އެގޮތުން ސިއްހީ ހާއްސަ ފަރުވާތަކަށް އަންނަ ފަރާތްތަކަށް ހުއްދަ ދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ސިއްހީ ހިދުމަތް ހޯދަން އަންނަ މީހުންގެ އެހީތެރިންގެ ގޮތުގައިވެސް އާދެވޭނީ ވަކި އަދަދަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355