twitterviber whatsapp telegramfacebookyoutube instagram
22nd February 2026

ތެލަސީމިއާ ކުދިންނަށް ލޭ އަޅަން ރަށްރަށަށް ދެވޭނެ އިންތިޒާމް ހަމަޖައްސަނީ

ޚަދީޖާ އާދަމް
Apr 19, 2020

ލޭ އެޅުމަށް ރަށްރަށުން ދަތުރުކުރަންޖެހޭ ކުދިންނަށް ގޮތްތަކެއް ހަމަޖެއްސުމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ކަމާއި ގުޅުންހުރި ފަރާތްތަކާއިއެކު މަޝްވަރާކުރަމުންދާކަމަށް ތެލަސީމިއާ ސެންޓަރުން ބުނެފިއެވެ.

ތެލަސީމިއާ ސެންޓަރުގެ އެސޯސިއޭޓް ސްޕެޝަލިސް އިން ޕީޑިއެޓްރިކްސް ޑރ.އުމަރު ވިދާޅުވީ ކުރިން މި މައްސަލަ ދިމާވީ މާލޭ ސަރަޙައްދުގައި ނަމަވެސް މިހާރު، އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައިވާތީ ލޭއަޅާކުދިންނަށް ލޭ އެޅުމަށްޓަކައި ރަށްރަށަށް ދެވޭނެ ގޮތެއް ނެތް ކަމަށެވެ.

މާލޭގައި އެކަނިވެސް 300އަށްވުރެ ގިނަ ތެލަސީމިއާ ޕޭޝާންޓުން އުޅެމުންދެއެވެ. ތެލަސީމިއާ ކުދިންގެ އާބާދީ ރާއްޖޭގައި 600އަށް އަރައެވެ.

ލޭގައި ތިބި ތެލެސީމިއާ ކުދިންނަށް ކޮންމެ އާދިއްތަ ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ވަކި ގަޑިތަކެއްއްގައި ލޭ އެޅުމުގެ ކަންކަން ކުރިއަށްގެންދެވޭނެއެވެ. އެގޮތުން މި ދުވަސްތަކުގައި ހެނދުނު 8:00އިން 16:00އަށް ތެލަސީމިއާ ސެންޓަރުން ޚިދުމަތް ދެމުން ގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355