twitterviber whatsapp telegramfacebookyoutube instagram
7th March 2026

ފޯނުން ގުޅައިގެން ޑޮކްޓަރަށް ދެއްކޭނެ ގޮތް ކޭއާރުއެޗުގައި ހަދައިފި

އަބްދުލް ވާހިދު ޙަސަން
Apr 20, 2020
2

ކޮވިޑް-19: ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ފޯނުން ގުޅައިގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހަމަޖައްސައިފި އެވެ.

ހޮސްޕިޓަލަށް މީހުން އައުން ވީހާވެސް މަދުކުރުމުގެ މަގުސަދުގައި ދޭން ފެށި މި ހިދުމަތުގެ ތެރެއިން ހާއްސަ ޑޮކްޓަރުންނަށްވެސް ދެއްކޭނެ އެވެ.

ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، މި ހިދުމަތް ފަށާގަންނައިރު ދަތިތަކެއް ހުންނާނެ ކަމަށާ ހިދުމަތް ލިބިގަތުމުގައި ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޭނުންވާ ކަމަށެވެ.

އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންތައްތައް މަޑުމަޑު ރަނގަޅުކުރަމުންގެންދާނެ ކަމަށާ ހިދުމަތް ފަށާއިރު އެންމެ ފުރިހަމަ ނުވެދާނެކަމަށް ބަލާ ރައްޔިތުންގެ ކެތްތެރިކަންވެސް މިދަނޑިވަޅުގައި ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

6528864 ނަމްބަރު ފޯނާ ގުޅައިގެން އެޕޮއިންޓްމެންޓް ހެއްދޭނެ އެވެ. ކޮވިޑް-19 އާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ވަދެ ނުކުތުމުގައިވެސް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355