twitterviber whatsapp telegramfacebookyoutube instagram
22nd February 2026

އުލިގަމު މީހާއާ ކޮންޓެކްޓްވި މީހަކު ޕޮޒިޓިވްވި ވެއްޖެ

ޚަދީޖާ އާދަމް
Apr 21, 2020

ހއ އުލިގަމުން ކޮވިޑް-19 ޕޮޒިޓިވްވި މިހާއާއި ސީދާ ކޮންޓެކްޓްވި މިހާކު ވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.

އުލިގަމުގައި ހުއްޓާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާއަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ކަނޑު ބޯޓެއްގައި ފުރައިގެން އުލިގަމަށް ދިޔަ ދިވެއްސެކެވެ. އޭނާ ދަތުރުކޮށްފައިވަނީ ހއ. އިހަވަންދޫ ކާވިއާ ބޯޓުގަ އެވެ.

އެ ބޯޓު މަޑުކޮށް މީހުން ބޭލި ގިނަ ރަށްތަކެއް މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ. އަދި ބޯޓުން ދަތުރުކުރި މީހުން ވަނީ އެކަހެރިކޮށްފަ އެވެ.

މި މީހާއެކު މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 64 އަކަށް އެރީ އެވެ. ނަމަވެސް އޭނާ މިވަގުތު ހުރި ތަނެއް އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ.

މިއަދު މިހާތަނަށް ހަތް ބިދޭސީއަކާއި 10 ދިވެއްސަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މީގެތެރޭގައި 80 އަހަރުގެ މީހަކު ވެސް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355