twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

Apr 27, 2020

ނ. މާފަރުގައި ތަރައްގީކޮށްފައިވާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރަން ހަވާލުކުރުމަށް ނިންމާފައިވަނީ އެ މަޝްރޫއު ޑިޒައިންކުރުމާއި އިންޖިނިއަރިންގެ މަސައްކަތްތަކާއި، ކޮންސްޓްރަކްޝަންގެ މަސައްކަތާއި، އަދި ޕްރޮކިއުމަންޓުގެ މަސައްކަތްތަކެއް ކޮންޓްރެކްޓަރ އަމިއްލައަށް ކުރާ ގޮތަށެވެ.

މި މަސައްކަތް ކުރުމަށް ޝަރުތުހަމަވާ، މިފަދަ މަސައްކަތެއް ކުރުމުގެ ގާބިލުކަން ލިބިފައިވާ ފަރާތްތަކަށް ޕްރީކޮލިފިކޭޝަނަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުޅުވުން އޮންނާނީ އަންނަ މަހު 11 ވަނަ ދުވަހުގެ 11:00ގައި އެމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި ގަޑިހަމަވުމަށްފަހު ހުށަހަޅާ އެޕްލިކޭޝަން ބަލައިނުގަންނާނެ ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް ފަސްސަތޭކަ ރުފިޔާ ނުވަތަ 32.00 ޔޫ.އެސް. ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ 12 އޭޕްރީލް އިން 10 މެއި އަށް، އެމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ކުންފުނީގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރަކާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ [email protected] އަށް ފޮނުއްވުމަށް އެ މިނިސްޓްރީން ގެޒެޓް ކޮށްފައިވާ އިއުލާނުގައި ވެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށްގެންދަން ހުށަހަޅާފައިވާގޮތަށް ކުރިއަށް ގެންދިއުމަށް އީ.އައި.އޭ ރިޕޯޓު އަލުން މުރާޖައާ ކުރުމަށްފަހު އެކަމަށް ހުއްދަ އެންވަޔަރަމަންޓް މިނިސްޓަރ ދދީފައިވަނީ މިދިޔަ ޖެނުއަރީމަހުގެ ތެރޭގައެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމާ ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ މިއަހަރު ޖެނުއަރީމަހުން ފެށިގެނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355