މިދަނޑިވަޅަކީ އަސްލު ހީރޯއިންގެ ބޭނުން އެންމެ ބޮޑަށް ބޭނުންވާނެ ވަގުތެވެ. ކޮވިޑް-19 އާ ދެކޮޅަށް މުޅި ޤައުމު ހަނގުރާމަކުރަމުންދާ މިހާލަތުގައި އެބަޔަކަށްވީ ވަރަކުން އަންނަނީ މައިދާނަށް ނުކުމެ ބައިވެރިވަމުންނެވެ. ސިއްހީ ހިދުމަތްތެރިންނާއި ސިފައިންނާއި ފުލުހުން އެންމެ އިސް ސަފުގައި ތިބެއްވިއިރު ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކުންނާއި ދަރުމަވެރިންދަނީ ރައްޔިތުންގެ ރައްކާތެރިކަމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެންމެ ފަހު މީހާއާ ޖެހެންދެންވެސް ތިބީ މިގޮތުގައި ރައްޔިތުންގެ ދިފާއުގައި ކުރިއަށްދާށެވެ.
މި މިހައްސާސީ ވަގުތުގައި ޤައުމު ގޮވަމުންދަނީ އެހީގެ އަތަކަށެވެ. އެކަމަށް އިސްނަގައި އެބަޔަކަށް ވެވުނު އެހީތެރިކަމެއް އަންނަނީ ފޯރުކޮށްދެމުންނެވެ. މިވަގުތު ކޮށްދެވޭނެ އެންމެ މުހިންމުކަމަކީ ގޭގައި ތިބުމެވެ. ގައިދުރުކަމާއި ސާފުތާހިރުކަމެވެ. ކިޔަމަންތެރިވުމާއި ކެތްތެރިކަން އިސްކުރުމެވެ. މިއީ އެއްވެސް މީހެއް ބޭނުންވި ހާލަތެއް ނޫނެވެ. އަލީ މާހިރު އަވަސްވެ ގަތީ އޭނާގެ ދާއިރާއިން މިވަގުތު ޤައުމަށް ކޮށްދެވޭނީ ކޮންކަމެއް ތޯ ބެލުމަށެވެ. ގިނަ ވަގުތު މިހެން ގޭގައި ތިބެން ޖެހުމުން ހުސްވަގުތު ގިނަކަމުން އެކަން ބޭކާރުކޮށްލުމުގެ ބަދަލުގައި މާހިރު ނިންމީ ގައުމަށް ރައްޔިތުން އިތުރަށް ހޭލުންތެރިކޮށް، މިކަމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ނަމަވެސް ހިތްވަރެއް ދެވޭތޯ އެވެ.
Ekuverinney! aadheyhaa eku bunan
Insaaniyyathahtakai geyga madukohdhevvaa.
Posted by ASP Studio on Monday, April 20, 2020
ހއ އިހަވަންދޫއަށް އުފަން، އަލީ މާހިރު އަކީ މަލްޓިމީޑިއާގެ މަސައްކަތްތައް ކުރަމުން އަންނަ ފަރާތެކެވެ. ކުޅުދުއްފުށީގައި މިހާރު ސްޓޫޑިއޯއެއް ހިންގަމުން އަންނަ މާހިރަކީ ހުރިގޮތަށް ހުރި އެދާއިރާގެ ޖަވާހިރެކޭވެސް ބުނެވިދާނެ އެވެ. އެ ދާއިރާއިން ނޭނގޭ، ނުކުރާ މަސައްކަތެއް ނެތެވެ. މާހިރު ބޭނުންވީ މީހުންގެ ހިތްތަކަށް އަސަރުކުރާ ފަދަ މުހިންމު މެސެޖްތަކެއް ރައްޔިތުންނަށް ދޫކޮށްލުމަށެވެ. ކޮވިޑް-19 ގެ ހާލަތުގެ ނުރައްކާތެރިކަން ހާމަކޮށްދިނުމެވެ. މާހިރު އޭނާގެ މަސައްކަތުން މިހާރު ވަނީ އެފަދަ 14 ވީޑިއޯއެއް ހަދައި ސޯޝަލް މީޑިއޯއަށް ދޫކޮށްލާފައި އެވެ.
އެއީ އަސަރުގަދަ ފެންކަޅިކޮށްލާނެ މުހިންމު މެސެޖްތަކެކެވެ. ކޮވިޑް-19 ގެ ބިރުވެރިކަމާއި ނާމާންކަމެވެ. ﷲ ގެ ކުޅަދުންވަންތަ ކަމެވެ. އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިތްވަރާއި ނުގުޑާފަދަ އަޒުމެވެ. ކިޔަމަންތެރިކަމާއި ކެތްތެރިކަމުގެ ވާހަކަ އެވެ. ދީނީ ގޮތުންނާއި ދުނިޔެވީ އެތަކެއް މެސެޖްތަކެވެ. އެ ވީޑިއޯތައް ބަލައި އަސަރުނުކުރާނެ ހަމަ އެކަކުވެސް ހުންނާނެކަމަށް ނުބެލެވެ އެވެ.
Alhugan'dumennahtakai iss safugai masakkayy kuraa beyfulhunnah luyeh liben othee mi bali control kurevigen.
Bali control vaanee keiyytheri kamaa eku farudhee zinmaa adhaa kohgen.
Posted by ASP Studio on Wednesday, April 22, 2020
"އަހަރެން ބެލީ މިވަގުތު މުޖުތަމައުއަށް އަހަންނަށް ކޮށްދެވޭނީ ކޮންކަމެއް ތޯ. މިހެން ގޭގައި ހުންނަ ޖެހުމުން ވަރަށް ގިނަ ވަގުތު ލިބޭ. އެހެންވެ ބެލީ އަހަރެންގެ ދާއިރާއިން ކަމެއް ކޮށްދޭން." މިހާރު ކުޅުދުއްފުށީގައި ދިރިއުޅެމުންދާ މާހިރު ބުންޏެވެ.
މާހިރު ބުނީ ކޮވިޑް-19 ގެ ވީޑިއޯތައް ހަދަން ފެށިއިރު އެންމެ ހުރިހާކަމެއްވެސް ކުރަމުންދިޔައީ އަމިއްލައަށް ކަމަށާއި އެކަމަކު ވީޑިއޯތައް ހީކުރިވަރަށް ވުރެ ވައިރަލްވެ އާންމުވި ހިސާބު ރާއްޖޭގެ ފުންނާބު އުސް އެކި ބޭފުޅުންގެ ފަރާތުން ވީޑިއޯ ހެދުމަށް ބޭނުންވާ ލިޔުންތައް ފޮނުވަމުންދާ ކަމަށެވެ. އަދި އެ ލިޔުންތަކަށް ވީޑިއޯވެސް ހަދާފައިހުންނާނެކަމަށް މާހިރު ފާހަގަކުރެއްވި އެވެ.
Maayoos nuve, ekaku anekakah hiyyvarudhee oagatheri velahvaa!
Posted by ASP Studio on Saturday, April 25, 2020
ވީޑިއޯތަކުގައި އަސަރު އެންމެ ގަދަވެފައި އޭގެ ތެރެއަށް މީހާ ގަންބާލަނީ ކިޔަދީފައި ހުންނަ އަޑުގެ އަސަރުގަދަކަމުންނެވެ. އެހާ އަސަރާއެކު ކިޔަން ވަކި ގޮތެއް މާހިރެއް ނަހަދަ އެވެ.
"ކިޔަން ފެށުމާއެކު އަމިއްލައަށް އޮޓަމެޓިކުން އަޑުގައި އަސަރު އެކުލެވެނީ." އެދާއިރާގައި 12 އަހަރު ހޭދަކޮށްފައިވާ މާހިރު ބުންޏެވެ.
މާހިރު ބުނީ ފުރަތަމަ ކޮޅު މާބޮޑު ތަރުހީބެއް ނުލިބޭ ކަމަށާއި އެކަމަކު މިހާރު ވަރަށް ބޮޑު ތަރުހީބެއް މުޅި ރާއްޖެއިން ލިބެމުންދާކަމަށެވެ. ކޮވިޑް-19 ގެ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ވީޑިއޯއެއް ވަރަށް ބޮޑަށް ވައިރަލްވެ، ބޮޑު މަގުބޫލުކަމެއް ލިބެމުންދާ ކަމަށެވެ. އަމިއްލަ އިސްގެނުމުގެ މަތިން ފެށި މި ހިދުމަތް މިހާރު ވަނީ މުޅި ރާއްޖެއިން ބަލައިގަނެފައި އެވެ. ރާއްޖޭގެ މަޝްހޫރު ފަރާތްތަކުންވެސް އަންނަނީ ވީޑިއޯ ހެދުމަށް ބޭނުންވާ ލިޔުންކޮށްތައް ދެމުންނެވެ. އެހެންވުމުން މިހާރު މަސައްކަތްތައް ހަލުވިވެފައިވާ އިތުރަށް ފުރިހަމަ އެވެ.
Libey minavarah Shukuru kuramaa thoaeve.
Shukuru kuraa Alhunnah maiy Allah ithurukoh dhevvaane eve.
Posted by ASP Studio on Sunday, April 26, 2020
ގައުމީ ޓީވީ އާއި ވީޓީވީގައި ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ މުހައްމަދު އާތިފް (މޮންދު) ވެސް ވަނީ މާހިރުގެ މަސައްކަތަށް ތައުރީފްކޮށް ހިތްވަރު ދެއްވާފަ އެވެ. އަދި އެކަމުގައި އޭނާގެ ތަޖުރިބާވެސް މާހިރުއާ ވަނީ ހިއްސާކޮށްފަ އެވެ. އެފަދަ ގިނަ ބައެއްގެ ތަރުހީބު ދަނީ އޮހެމުންނެވެ. ރާއްޖޭގައި ހިންގާ މަޝްހޫރު ފޭސްބުކް ޕޭޖުތަކުންވެސް އެ ވީޑިއޯތައް ހޯދުމަށް މާހިރުއަށް ގުޅަ އެވެ. ހިތްވަރުން މިހާރު މާހިރު ހުރީ ވަރަށް ހިތްހަމަޖެހިފައި އެވެ. މުޅި އާ އަޒުމެއްގައި އެވެ.
ކޮވިޑް-19 އާ ގުޅިގެން މާހިރު ހަދަމުންދާ އަސަރުގަދަ މި ވީޑިއޯތައް ބޭނުންވާ ކޮންމެ ބަޔަކަށްވެސް މާހިރު އަންނަނީ ފޯރުކޮށްދެމުންނެވެ. މާހިރުގެ އޭއެސްޕީ ސްޓޫޑިއޯ ނެރޭ އެހެން ވީޑިއޯތަކާއި ތަފާތުކޮށް މި ވީޑިއޯތަކުންގައި ވޯޓަރ މާކެއްވެސް ނުހުރެ އެވެ. ކުރެޑިޓެއް ބޭނުމެއް ނޫނެވެ. ބޭނުންވަނީ ގިނަ ބަޔަކަށް ފޯރުކޮށްދިނުމެވެ. މާހިރު ވީޑިއޯ ހެދުމުގެ ދާއިރާއަށް ނެރެދިނީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހަންމާ) އާއި ފިލްމީ ތަރި އަބުދުﷲ މުއާޒު (މުއާ) އެވެ. އެ ދާއިރާއަށް ނެރެދީ ކިޔައިދީ ހެދީ މި ދެ މީހުންނެވެ. އެކަން މާހިރު ޝުކުރުވެރިކަމާއެކު ބަލައިގަނެވެ.
Lobivethi rayythunney.
Geygai bandhuvegen thibbevumakee, vevey varah bodu qurubaanee ekeve.
Posted by ASP Studio on Monday, April 27, 2020
ހިތްހެޔޮ ގިނަ ބަޔަކާ ގުޅޭ މިޒާޖު ހުންނަ މާހިރުގެ ސްޓޫޑިއޯގެ މަސައްކަތްތައް މިހާރު ހުރީ ހުއްޓިފައި އެވެ. ކޮވިޑް-19 އާ ގުޅިގެން ހުރިހާ މަސައްކަތެއް ހުއްޓިފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ކައުންސިލްތަކާއި ރަށްރަށުގެ ޓާސްކް ފޯސްތަކަށް އެނައުންސްމެންޓާއި ވީޑިއޯ އަންނަނީ ހަދައިދެމުންނެވެ. އެ މަސައްކަތް ކޮށްދެއްނީ ހަމަ ހިލޭ ސާބަހަށެވެ. މާހިރުގެ އަމިއްލަ އަޑާއި އަމިއްލަ މަސައްކަތުން ނެރެމުންމިދާ ވީޑިއޯތަކަކީ މިމުނާސަބާއާ ގުޅޭ އެންމެ މުހިންމު އެއް ހިދުމަތްކަން އެއްވެސް މީހަކު ދެ ބަހެއް ނުވާނެކަން ޔަގީންނެވެ. 14 ވީޑިއޯއެއް ދޫކޮށްލާފައިވާއިރު އޭނާގެ އަމާޒަކީ ކޮންމެ ދުވަހު ވީޑިއޯއެއް ތައްޔާރުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމެވެ.