twitterviber whatsapp telegramfacebookyoutube instagram
20th September 2026

ހދ އަތޮޅުން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް

އަބްދުލް ވާހިދު ޙަސަން
Apr 29, 2020
4

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ހދ އަތޮޅުން ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވްވެފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކުރައްވައިފި އެވެ.

ކޮވިޑަށް ޓެސްޓްކުރުމަށް ހދ އަތޮޅުން 29 ސާމްޕަލެއް މިހާތަނަށް ނަގާފައިވެ އެވެ. އެއީ އިހަވަންދޫ، ކާވިޔާ ބޯޓުން ވައިކަރަދޫއަށް ދަތުރުކުރު ފަރާތްތަކާއި ށ ނަރުދޫ، އަމާޒު ބޯޓުން ކުޅުދުއްފުއްޓަށާއި ހިރިމަރަދޫއަށް އަދި ކުމުންދޫއަށް ދަތުރުކުރި ފަރާތްތައް ހިމެނޭކަމަށް ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ފާހަގަކުރެއްވި އެވެ.

ހދ އަތޮޅުން ނެގި ސާމްޕަލް

  • ކުޅުދުއްފުށި- 3
  • ވައިކަރަދޫ- 23
  • ކުމުންދޫ- 2
  • ހިރިމަރަދޫ- 1

އަހުމަދު ވިދާޅުވީ ޕޮޒިޓިވްވި މީހަކު ނުފެނުމަކީ އަދި ބަލި ނެތުނީކަމުގައި ބަލަންވީކަމެއް ނޫން ކަމަށާއި އުންމީދަކީ އަދި ދުޢާއަކީވެސް ބަލި ނެތިގެން ދިޔުންކަމަށެވެ. ސަބަބުތަކުގައި ހިފައި ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު މި ބަލިމަޑުކަމުން ސަލާމަތްވޭތޯ އެންމެ ގަދައަޅައި މަސައްކަތްކުރުމަށް އަހުމަދު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އަދި މި ދަނޑިވަޅުގައިވެސް ހުރިހާ ފަރާތްތަކުން މިހާރުވެސް ހިފަހައްޓަމުންގެންދާ އުސޫލުތައް ދޫނުކުރެއްވުމަށް އޭނާ އިލްމާސްކުރެއްވި އެވެ. އަދި ހަމަ އެންމެންހާ ރައްކާތެރި ފިޔަވަޅުތަކާއެކު އަދިވެސް ގޭގައި މަޑުކުރުމަށް އެދުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293