twitterviber whatsapp telegramfacebookyoutube instagram
22nd February 2026

ކުރެއްދޫ ރިސޯޓަށް އަރާ ފޭބުމުގެ ހުއްދަ ދީފި

Apr 30, 2020

ކުރެއްދޫ އައިލެންޑް އަރާ ފޭބުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) އިން ދީފިއެވެ. ކުރެއްދޫ އަކީ އެންމެ ފުރަތަމަ ރާއްޖޭއިން ކޮވިޑް-19 ފެނުނު ރަށެވެ.

ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮރިކުރައްވާ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ މިއަދުން ފެށިގެން އެ ރިސޯޓަށް އަރައި ފޭބުމުގެ ހުއްދަ ދީފައިވާކަމަށެވެ.

އެ ރިސޯޓަށް އަރައި ފޭބުމުގެ ހުއްދަ ދީފައިވަނީ އެ ރަށުގެ އެންމެން ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ފަހުއެވެ. އެގޮތަށް ޓެސްޓު ކުރުމަށް ނިންމީ ރަށުތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތޯ ބެލުމަށެވެ. އެގޮތުން އެރަށުން 649 ސާމްޕަލް ނަގާފައި ވެއެވެ.

އެރަށަށް އަރާ ފޭބުމުގެ ހުއްދަ ދީފައިމިވަނީ ލޮކްޑައުންކޮށްފައި އޮންނަތާ 54 ދުވަސް ފަހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355