twitterviber whatsapp telegramfacebookyoutube instagram
29th July 2026

1000 ފޮތި މާސްކް ހަދިޔާ ކުރުމަށް ހުޅުވާލައިފި

May 4, 2020

ކޮވިޑް-19 އާ ގުޅިގެން، ކުޅުދުއްފުށީގައި ގާއިމު ކޮށްފައިވާ ޓާސްކް ފޯސްއަށް 1000 ފޮތި މާސްކް ހަދިޔާކުރުމަށް ހުޅުވާލައިފި އެވެ.

ފުރަތަމަ މި ޕްރޮގުރާމު ހުޅުވާލީ ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ސަރުކާރުގެ މުއައްސަސާތަކަށެވެ. އެކަމަކު މިއަދު މި ވަނީ މާސްކް ތައްޔާރުކޮށް ހަދިޔާ ކުރަން ބޭނުންވާ އާންމުންނަންވެސް ހުޅުވާލާފަ އެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަދި ޓާސްކް ފޯސްގެ ޗެއާމަން އަހުމަދު ދާއޫދު ވިދާޅުވީ، ފޮތި މާސްކް ހަދިޔާކުރަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ މާސްކް ބޭނުން ކުރަމުންދާއިރު މާސްކް ލިބުމުގެ ދަތިތައް މުޅި ދުނިޔެއަށްވެސް ވަނީ ކުރިމަތިލާފަ އެވެ.

ކުޅުދުއްފުށީގައިވެސް ކޮންމެ ދުވަހު ގިނަ އަދަދެއްގެ މާސްކް ބޭނުންކުރަމުންދާއިރު މިއީ ހަރަދުކުޑަކުރުމުގެ ގޮތުން އެޅި މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެ އެވެ.

ތައްޔާރު ކުރަން އިރުޝާދު ބޭނުންވެއްޖެ ހާލަތެއްްގައި ޓާސްކް ފޯސްއިން އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އަހުމަދު މައުލޫމާތު ދެއްވި އެވެ.

😷 ހދ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ޖަލާލުއްދީން ސުކޫލް ފަރާތުން ސޯޝަލް ސަޕޯޓް ޑެސްކުގައި މަސައްކަތް ކުރާ ފަރާތްތަކަށް...

Posted by Kulhudhuffushi Council on Saturday, May 2, 2020

1000 މާސްކް ހަދިޔާ ކުރުމުގެ މި ޕްރޮގުރާމްގެ ދަށުން ޖަލާލުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒުން ވަނީ މާސްކް ހަދިޔާކޮށްފައި އެވެ. އެގޮތުން ހދ އޭއީސީން 100 މާސްކް ހަދިޔާކޮށްފައިވާއިރު ޖަލާލުއްދީން ސްކޫލުން މިވަނީ 116 މާސްކް ހަދިޔާކޮށްފަ އެވެ.

މި މާސްކްތައް ގޭގައި ތިބެގެން ތައްޔާރުކޮށްފައިވަނީ އެ ތަންތަނުގެ މުވައްޒަފުންނެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ފޮތިން މާސްކް ތައްޔާރުކޮށް އެ ރަށްރަށުގެ ޓާސްކް ފޯސްތަކަށް ހަދިޔާކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355