twitterviber whatsapp telegramfacebookyoutube instagram
19th May 2024

ފުރަބަންދުގައި ދިއްދޫގައި ކަސްރަތަށް ހާއްސަ ގަޑިއެއް ހަމަޖައްސައިފި

May 6, 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިމަހު ގެ އެއްވަނަ ދުވަހުގެ ހަވީރު 6:00 ފެށިގެން މެއި 15 ވާ ހުކުރު ދުވަހުގެ ހުކުރު ވަގުތުގެ ނިޔަލަށް ދިއްދޫ ފުރަބަންދު އިތުރުކޮށްފައިވާތީ، ކަސްރަތު ކުރުމަށް ބޭރަށް ނުކުންނަން ފަރާތްތަކުގެ އެދުމުގެމަތިން ކަސްރަތައް ނުކުތުމަށް ހާއްސަ ގަޑިއެއް ހަމަޖައްސައިފި އެވެ.

ދިއްދޫ ކައުންސިލް އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުރަބަންދު އިތުރުކޮށްފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ދިވެހި މުޖުތަމައުގެ ތެރޭގައި ހަލުވި ކަމާއެކު ފެތުރެމުން ދިއުމާ އަދި ހއ އަތޮޅުން އެ ބަލީގެ އިތުރު ކޭސްތައް ފެންނަމުން ދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ.

ފުރަބަންދު އިތުރުކޮށްފައިވާއިރު ފުރަބަންދުގެ ވަގުތު ކަސްރަތު ކުރުމަށް ނުކުމެ އުޅޭ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމަށް ކޮންމެ ރެއެއްގެ 8:30 ން 10:00 އަށް ކަސްރަތުކުރުމަށް ބޭރަށް ނުކުމެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

އަދި ކަސްރަތު ކުރުމަށް ނިކުންނަވާ ފަރާތްތަކަށް ވަނީ އުސޫލު ކަނޑައަޅާފައެވެ. އެގޮތުން ކަސްރަތަށް ކުރުމަށް ނުކުމެވޭނީ ފައިމަގުގައި ކަމަށާއި، އެއްވެސް ފަރާތަކުން އެއްވެސް އިންޖީނުލީ އުޅަނދެއް ބޭނުން ކުރުމަކީ މަނާކަމެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ކަސްރަތަށް ނުކުންނަވާއިރު ކަސްރަތު ކުރެވޭ ފަދަ ގޮތަކަށް ކަސްރަތުގައި ބޭނުންފުޅު ކުރައްވާ ޓެނިސް/ބޫޓް ފަދަ ތަކެތީގެ ނިކުތުމަށާއި، ސިއްހީ އޮފިޝަލުން ދެއްވާފައިވާއ އިރުސާދާއެއްގޮތަށް ކަސްރަތު ކުރައްވާއިރު ގައިދުރުކަން ބެހެއްޓުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355